ގޭބަންދުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވާ އުފެއްދެވީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީގެ) ކުލަ އާއި ނަން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް (ޓީޑީ) އިން ބޭނުންކުރަން އުޅޭ މައްސަލަ ހޫނުވެއްޖެއެވެ.
ނަޝީދުގެ "ލޯޔަލިސްޓުން" ހިމެނޭ ޕާޓީގެ ކުލައަކީވެސް އެމްޓީޑީގެ ކުލަ އާއި ދާދި އެއްވައްތަރުގެ ކުލައެކެވެ. އެއީ ސްކައި ބްލޫއެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ކޮމިޝަނުން ވަނީ މިހާރު ދީފައެވެ. އެހެންވެ ޕާޓީއަށް މީހުން ވެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އީސީއާއެކު އެ ޕާޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ވަނީ ސީދާ އެމްޓީޑީގެ ކުލަކަމަށް ނުވާނަމަ އެ ކުލަ ބޭނުންކުރުމުގެ ހުއްދައަށް އެދިފައެވެ.
އެ ޕާޓީވެގެން ދާނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައިކަން ފާހަގަކުރައްވާ އެމްޓީޑީގެ ނަން ނުގެންނަވާއި އިވާ ވިދާޅުވީ "ކުދި ކުދި ޕާޓީތައް” އަދި ފަނޑުވަމުންދާނެ ކަމަށެވެ.
އެ ވާހަކަތަކާއި ގުޅިގެން އެމްޓީޑީން ވަނީ ޓްވީޓެއް ކޮށްފައެވެ.
"އޭނާ [އަހްމަދު އަދީބު] ސްކައި ބްލޫ އިހްތިޔާރުކުރީ، ތިން އަހަރު ވަންދެން އޭނާގެ ގޮޅިން އޭނާއަށް ފެނުނު ހަމައެކަނި އުއްމީދަކީ އެއީ ކަމަށްވާތީ،" ކުލަ އިހްތިޔާރު ކުރި ސަބަބު އޮޅުންފިލުވައި ދެމުން އެމްޓީޑީން ބުންޏެވެ.
https://twitter.com/MTDSecretariat/status/1661322252519116800
އެހެން ސިޔާސީ ޕާޓީއެއްގެ ނަންތަކާއި ކުލަތައް އެމްޓީޑީގެ ފަރާތުން އިންސްޕަޔާވެގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށް އެ ޕާޓީން ބުންޏެވެ. އެކަމަކު އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު، އެ ބައެއްގެ އަމިއްލަ ނަންތަކާއި ކުލަތައް އިހުތިޔާރުކުރަން އެ ޕާޓީން އިލްތިމާސްކުރެއެވެ.
ދަ ޑިމޮކްރެޓްސް އަކީ ނަޝީދަށް ތާއިދުކުރާ މަޖިލީހުގެ މެމްބަރުންވެގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި ނަޝީދު އިސްކޮށް އުޅުއްވި ނަމަވެސް އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ. ނަޝީދުގެ ފިކުރާ އެއްގޮތަށް އުފެއްދި ޕާޓީއެއް ކަމަށްވިޔަސް ޕާޓީގެ ބޭފުޅުން ވިދާޅުވަނީ އެއީ އެއްވެސް ބަޔަކު "ވަށާ" އެނބުރޭނެ ޕާޓީއެއް ނޫން ކަމަށެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި