ފ. ބިލެތްދޫ އާއި އެ އަތޮޅު ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ނިލަންދޫގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 66 މިލިއަން ރުފިޔާއަށެވެ. ބިލެތްދޫ ބަނދަރުގެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ 72 މިލިއަން ރުފިޔާއަށެވެ.

ބިލެތްދޫ ބަނދަރުގެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. ނިލަންދޫގެ ބަނދަރުގެ މަސައްކަތް 510 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ނިލަންދޫ ބަނދަރުގެ ބައެއް ސްކޯޕް:
ރަށުގެ އިރު އުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކަށި. 131 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް. 194 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓާ. 30 މީޓަރު ދިގުމިނުގެ ޖެޓީ.
ބިލެތްދޫ ބަނދަރުގެ ބައެއް ސްކޯޕް:
ރަށުގެ ހުޅަނދުގެ ދެކުނު ބަނދަރުގައި 133 މީޓަރުގެ ކޮންކްރީޓް ޖެޓީ. 224 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް. 440 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ރިޕްރޮފައިލްކުރުން.