މާލޭގެ ގެއެއްގެ އެޕާޓުމަންޓަކަށް ވަދެ، މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކާ މާރާމާރީ ހިންގި މައްސަލާގައި ހޯދަމުންދިޔަ މީހާ އަމިއްލަ އަށް ފުލުހުންނާއި ހަވާލުވެއްޖެއެވެ.
ފުލުހުން އިއްޔެ ބުނީ ފުލުހުންގެ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލާގައި ހޯދަމުން އަންނަނީ ރ. މަޑުއްވަރީ ދެތަނޑިމާގެ އުމުރުން 34 އަހަރުގެ އިބްރާހީމް ޝަމީން ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ ސަމީން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ކަމަށެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި