ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތިން ވަނަ އަށް އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ. އަށްފަހު، ޕީޕީއެމްއެވެ. އަދި ތިން ވަނައަށް 2019 ވަނަ އަހަރު އެމްއާރްއެމް އުފެއްދެވިއެވެ.
އެމްއާރްއެމް އުވާލަން ނިންމީ 3،000 މެމްބަރުން ހަމަނުވެގެން، ދިން ނޯޓިސްގެ މުއްދަތުގައި ވެސް މެމްބަރުން ހަމަނުކުރެވުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން ފެބްރުއަރީ 21، 2023، ގެ ނިޔަލަށް އެމްއާރްއެމްގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. ތިންހާސް ހަމަކުރަން މަދުވަނީ 19 މީހުންގެ ސޮއެވެ. އެހާ މަދު އަދަދެއްގެ ބައެއްގެ ސޮއި ނުލިބި، އެ ޕާޓީ އުވާލަން ޖެހުނު ސަބަބާ ގުޅޭ ގޮތުން އެމްއާރްއެމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެޕާޓީ އުވާލާފައި ވަނީ ދެ ނޯޓިސް އެއް ދިނުމަށްފަހު ކަމަށެވެ. އެންމެ ފުރަތަމަ ނޯޓިސް އެޕާޓީ އަށް ދީފައި ވަނީ 2022ވަނަ އަހަރުގެ ތެރޭގައެވެ. އެމްއާރްއެމް އަކީ މެންބަރުން ހަމަ ނުވާ ޕާޓީތަކަށް އިލެކްޝަންސް އިން ދިން ފުރުސަތުގައިވެސް ހިމެނިފައިވާ ޕާޓީއެކެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި