ރައްޔިތުން މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު ސަރުކާރާ ދެކޮޅު ޕާޓީތަކާއި މެންބަރުންނަށް ޕީޕީއެމް/ޕީއެންސީން ދީފިއެވެ.
ޕީޕީއެމް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުން ވަރުގަދަ ކުރުމަށް އެހެން ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށް އެހެން ޕާޓީތަކަށް ދައުވަތު އަރުވާ ކަމަށެވެ.
މިފަދަ ދައުވަތެއް ޕީޕީއެމް އިން ދިންއިރު ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށް ބުނެ ސަރުކާރާ ދެކޮޅު ޕާޓީތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
https://twitter.com/progresspartymv/status/1660980532459520000?s=46&t=M9M5hUKhSMLW6TzFVtCYOQ
އަދި މިފަދަ ދައުވަތެއްް ދިންއިރު ރައީސް މުހައްމަދު ނަޝީދު އިސްވެ ހިންގި “ފިކުރެއްގެ ދިރުން” ހަރަކާތުގައި އުޅުއްވި އެމްޑީޕީގެ 12 މެންބަރަކު އެޕާޓީން ވަކިވެ “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރައްވާ ހަ މެންބަރަކު ތިއްބަވައެވެ. ޖުމްހޫރީ ޕާޓީ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ނަމަވެސް އެޕާޓީން ވެސް މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އެޕާޓީ ތަމްސީލް ކުރާ ދެ މެންބަރަކު މަޖިލީހުގައި ތިއްބެވިއިރު، އެމްއެންޕީ ތަމްސީލް ކުރައްވާ ތިން މެންބަރަކު ތިއްބަވައެވެ.
		
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ