މަގު ހަދާ ކުންފުނި އާރްޑީސީން ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން، ގދ. ތިނަދޫގައި އަލަށް ހެދި މަގުތަކުގައި އަންނަ އާދީއްތަ ދުވަހު ތާރު އަޅަން ފަށަން ނިންމައިފިއެވެ.
އާރްޑީސީން އަންނަނީ ރާއްޖޭގެ 21 ރަށެއްގައި މަގު ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ. އޭގެތެރެއިން އެއް ރަށަކަީ ގދ. ތިނަދޫއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އާދިއްތަ ދުވަހު އެ ރަށުގެ އަލަށް ހެދި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިގެން ދާނެއެވެ.
ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 6.5 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ދެހާސްއެކާވީސް ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އާރްޑީސީއާ ހަވާލު ކުރި އެ މަސައްކަތުގައި ޖުމްލަ 15 މަގެއް ޒަމާނީ ފެންވަރަކަށް ހަދާނެއެވެ. އެ މަޝްރޫއުގެ އަގަކީ 78 މިލިއަން ރުފިޔާއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް