މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ފުލުހުން ހޯދަމުންދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ގައްބަރޭ، އަމިއްލައަށް ފުލުހަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ.
މަޖިލިސް މެމްބަރަކު މަރާލަން އިންޒާރުދިންކަމުގެ ތުހުމަތުގައި ގައްބަރޭ ހޯދުމަށް ފޮޓޯ އާންމު ކުރީ މީގެ ހަފްތާއެއްހާ ކުރިން، މި މަހުގެ 15 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
ގައްބަރޭއަކީ ރާއްޖޭގައި ހިނގާފައިވާ ބައެއް މަރުގެ މައްސަލަތަކުގައި ވެސް ޝާމިލުވާ މީހެކެވެ. ރެކޯޑުތަކުން ދައްކާ ގޮތުން 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު (ޗޯޓޭ) މަރާލުމުގައި ބައިވެރިވިކަމަށް ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އަދި 2011 ވަނަ އަހަރުގެ އޭޕްރީލް މަހު މަޖިދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި މާލެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި