ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދައިފިއެވެ.
ފުލުހުން މިއަދު ކުރިން ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަން އަށް ގެނައި މީހަކު ފިލާފައިވާ ކަމަށެވެ.
އެމީހާ ހޯދަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އެކަމަކު ވަނަވަރެއް އާއްމެއް ނުކުރެއެވެ.
ފުލުހުން މިހާރު ބުނީ އެމީހާ ފެނިފައިވާ ކަމަށާއި އެއީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ދާދިފަހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު، އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ވެސް ވަނީ ފިލައިފައެވެ.
އެމީހާ ފެނުނީ އެހެން ރަށެއްގެ ފަޅުތެރޭގައި އޮއްވައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން