އިންޓަނޭޝަނަލް ޓީ ޑޭ ފާހަގަކުރުމުގެ ގޮތުން ޓީ ވިތު ރަސަލްހޮބުސްގެ ނަމުގައި ހަރަކާތްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ހަވީރު ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތްތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ ސައިގެ ރަހަ ދައްކާލުންވެސް ހިމެނެއެވެ. އަދި އެސްޓީއޯއިން ވިއްކާ ޔޫކޭގެ ބްރޭންޑެއް ކަމަށްވާ ރަސަލްހޮބްގެ އުފެއްދުންތަކުން ޚާއްސަ ޑިސްކައުންޓެއް ދީފައިވެއެވެ. އެ އޮފާ ހަފުތާ އަކަށް ކުރިޔަށް ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ލީސިން ޕާޓްނާސްގެ ގޮތުގައި މަސައްކަތްކުރާ، އެމްޔޫ ސްޓޯރ، މުޑުވާލި، އޭރީސް އެންޓާޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް، ސިމްޑީ، ބާކޭ، ލިލީ އާ ގުޅިގެންނެވެ.

[caption id="attachment_51634" align="alignnone" width="1024"] ދުނިޔޭގެ "ސައިގެ ދުވަސް" ފާހަގަ ކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން-- ފޮޓޯ/ އެސްޓީއޯ[/caption]
އެސްޓީއޯއިން މިދިއަ އަހަރުވެސް ވަނީ އިންޓަރނޭޝަނަލް ޓީ ޑޭ ފާހަގަކުރުމުގެ ހަރަކާތްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށް ގެންގޮސްފައެވެ.

ރަސަލްހޮބްސް ބްރޭންޑު:
ރަސަލްހޮބްސް އަކީ 70 އަހަރަށް ވުރެގިނަ ދުވަސް ވެފައިވާ ބުރޭންޑެކެވެ.
އެންމެ ފުރަތަމަ ދުނިޔޭގައި އިލެކްޓުރިކް ކެޓުލް އުފަދައިފައި ވަނީ ރަސަލޮހޮބްސުންނެވެ. ޖަގުކެޓުލްގެ ތަފާތު ރީތި ހިތްގައިމު ކުލަތައް އެކުލެވިގެންވާ ކެޓުލް ހިމެނެއެވެ. ކެޓުލް އުފައްދައިފައި ވަނީ ބޭނުން ކޮއްލަން ފަސޭހަ ގޮތްތަކެއް ހިމަނާފައެވެ.

[caption id="attachment_51635" align="alignnone" width="1024"] ދުނިޔޭގެ "ސައިގެ ދުވަސް" ފާހަގަ ކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން-- ފޮޓޯ/ އެސްޓީއޯ[/caption]
ކެޓުލް އުފެއްދުމަށް ބޭނުން ކުރާމެޓީރަލްއަކީ ކޮލިޓީ ރަނގަޅު ގިނަ ދުވަހު ގެންގުޅެވޭ މެޓީރިއަލްއަކެވެ.
ކެޓުލްގައި އޮޓަމެޓިކް ސޭފްޓީ ފަންގުސަން ހިމެނިފައިވެއެވެ. އެންމެ ފާހަގަ ކޮއްލެވޭ ފީޗާއަކީ ރެޕިޑް ބޮއިލް ޓެކްނޮލަޖީއެވެ. މީގެ ސަބަބުން ފެންކޮޅު ކައްކާލުން އަވަސްކޮށްދެއެވެ. އެހެންކަމުން ވަގުތު އަދި ކަރަންޓު ހަރަދުކުޑަކޮށްލައެވެ.
ރަސަލްހޮބުސްގެ އޮތަރައިޒްޑިސްޓިރިބުޔުޓާއަކީ އެސްޓިއޯއެވެ.