ފ. އަތޮޅު ފިލިތެޔޮ ރިސޯޓު ކައިރިއަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން މިއަދު އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ފ. ފިލިތެޔޮ ރިސޯޓު ކައިރީ، ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ފެނުނު މަސްތުވާތަކެތީގެ ބަރުދަނެއް ފުލުހުން އަދި އާންމެއް ނުކުރެއެވެ. އަދި އެއީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް ވެސް ފުލުހުން އާންމެއް ނުކުރެއެވެ.
"އެ ތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" އިތުރު ތަފްސީލެއް ނުދެއްވައި ފުލުހުން ބުންޏެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން