ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމަނިކުފާނު ޖަވާބުދާރީވުމަށް 30 މިނެޓު ދިނުމަށް އާއްމު ކޮމެޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އާއްމު ކޮމެޓީގެ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމެވެ. އޭނާ ހުށަހެޅުއްވީ މީގެކުރިންވެސް އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އޮންނަ ގޮތަށް 30 މިނެޓު ދެއްވުމަށެވެ. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިމުމުން ދޭ 10 މިނެޓެވެ.
މުޅި މައްސަލަ އަށް ޖުމްލަ ދެ ގަޑިއިރު ހޭދަ ކުރުމަށް ނިންމިއިރު މައްސަލަ އަށް ބަހުސް ކުރުމަށް ދީފައި ވަނީ ދޮޅު ގަޑިއިރެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހިންނަށް ޗާގޯސް ގެއްލިފައިވާ ކަމަށް ބުނެއެވެ. އަދި އެކަމުގެ ޒިންމާ ރިފްއަތު ނަންގަވަން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން އިތުބާރު ނެތްކަމުގެ މައްސަލަ ރައްދުވާ ފަރާތަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވަން ޖެހެއެވެ. މަޖިލީހުން ވަނީ މިދިޔަ އަންގާރަ ދުވަހު އެ ނޯޓިސް އޭޖީ ރިފްއަތަށް ފޮނުވައިފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން