މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް މަޖިލިސް ކުރާ މާލަމުގައި އަޑުގަދަ ކުރެއްވުމުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުގުނީ މަޖިލިސް ކުރާ މާލަމުން ނެރެފިއެވެ.
މައްސަލަ ހޫނުވީ މަޖިލީހުގެ ބަހުސްގެ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ބަހުސް ކުރުމަށް ލިބިފައިވާ ވަގުތުގައި އެ ޕާޓީން ވަކިވެފައިވާ "ފިކުރެއްގެ ދިރުމުގެ" މެމްބަރުން އެ ވަގުތު ބޭނުންކޮށްގެން މަޖިލީހުގައި ވާހަކަ ދައްކަން ފެށުމުންނެވެ. އެމްޑީޕީ މެމްބަރުންގެ ގޮތުގައި ފިކުރެއްގެ ދިރުމުގެ މެމްބަރުން މަޖިލީހުގެ ބަހުސްގައި ބައިވެރިވާން ފެށުމުން، އެކަން އެގޮތަށް ނުކުރެވޭ ކަމަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ތަޅުމުގައި އަޑުގަދަކޮށް އެ ވާހަކަ ރިޔާސަތަށް ދެންނެވިއެވެ.
އެގޮތަށް އެންމެ ބޮޑަށް އަޑުގަދަކޮށް، ތަޅުމުގައި ވާހަކަފުޅު ދެއްކެވީ މުގުނީއެވެ.
މުގުނީ އަޑުގަދަ ކުރަން ފެށުމުން ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވައި، މަޖިލިސް ކުރާ މާލަމުން ނެރެފައެވެ.
މަޖިލީހުގެ މިއަދުގެ ހެނދުނު ދަންފަޅީގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން ވެސް އިއްވައި، މަޖިލީހުން ނުކުތުމަށް ވަނީ އަންގާފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ