އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައި، މަޖިލިސް ކުރާ މާލަމުން ނުކުމެވަޑައިގަތުމަށް އޭނާގެ ނަން އިއްވައިފިއެވެ.
އޭނާގެ ނަން އިއްވެވީ މަޖިލީހުގެ ރިޔާސަތުގައި އިއްނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ރޮޒައިނާ މަޖިލީހުން ނުކުމެވަޑައިގަތުމަށް ނަން އިއްވެވި ނަމަވެސް، އޭނާގެ މަޖިލީސް ކުރާ މާލަމުން ނުކުމެވަޑައިގެންފައެއް ނުވެއެވެ.
މަޖިލީހުގައި ތިއްބެވި މެމްބަރުން އެކަން ފާހަގަ ކުރުމުން، ރިޔާސަތުން ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ ބޭނުމަކަށް ރޮޒައިނާ މަޖިލީހުގައި އިންނެވިކަމަށް ނުދެކޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ "އުފުލާލައިގެން ގަދަބާރުން" އެކަން ކުރަން އަދި ބޭނުން ނުވާ ކަމަށެވެ.
ރޮޒައިނާ މަޖިލީހުގައި މިއަދު އަޑުފުލީ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވައި، މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލު ކުރައްވާތީއެވެ. ރޮޒައިނާގެ ފަހަތުން، އެހެން މަޖިލިސް މެމްބަރުން ރިޔާސަތާ ދެކޮޅަށް އަޑުގަދަކުރެއްވިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން