ޤައުމަށް ހެޔޮ ބަދަލުތަކެއް އައުމަށް ކުރަމުންދާ އުންމީދުގައި، ޙަޤީޤީ ކުލަތައް ޖެހެން، މާގިނަ ދުވަހެއް ދެން ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ރައީސް އެހެން ވިދާޅުވީ ދަރުބާރުގޭގައި މިރޭ ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ"ގައެވެ.
ރައީސް ވިދާޅުވީ ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީ އާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް "މެދުކެނޑުމެއް ނެތި" ސަރުކާރުން ކުރިއަށްގެންދާ ކަމަށާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ވަޒީފާގައި ހަރުލެއްވުމަށް ވެސް، މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ލަހެއްނުވެ ފެންނާނެ. ރާއްޖޭގެ ލޮބުވެތި ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުން ޤައުމަށް ހެޔޮ ބަދަލުތަކެއް އައުމަށް އަޅުގަނޑުމެން މިކުރާ އުންމީދުގައި، ޙަޤީޤީ ކުލަތައް ޖެހެން، އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ދެން ނުނަގާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމީ ތަރައްގީއަކީ އޭގެ ޒާތުގައި ޤައުމަށް މެދުވެރިވާ ކަމެއް ނޫން ކަމަށެވެ. ތަރައްޤީއަކީ، ޤައުމުގެ ފަރުދުންގެ އަމިއްލަ ޒާތަށް އަންނަ ޢިލްމީ ހޭލުންތެރިކަމާއި، ތަހުޒީބީ ކުރިއެރުމުގެ ޒަރީޢާއިން ޤައުމަށް ގެނެވޭ ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ވަގުތު ޤައުމު އޮތް ޙާލަތަށް ވިސްނައި، މާދަމާ ޤައުމު އޮންނަން ބޭނުންވާ ގޮތް، ސިކުނޑިއަށް ތަޞައްވަރުކޮށްދެނީ، އެ މީހެއްގެ ކިބައިގައި ހުންނަ ޢިލްމީ ޤާބިލުކަމަކުން،" ރައީސް ވިދާޅުވިއެވެ.
ރަނގަޅު ޖީލެއް ބިނާކުރެވޭނީ ޒަމާނީ ތަޢުލީމާއި، ތަރުބަވީ އަޚްލާޤުގެ މާޙައުލަކަށް ސްކޫލްތައް ހަދައިގެން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ސްކޫލްތަކުގައި އެފަދަ މާޙައުލެއް ޤާއިމުވާނީ، އެ ތަނެއް ހިންގަން ތިބޭ ވެރިންނާއި، ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރަން ތިބޭ ޓީޗަރުންގެ ކިބައިގައި ޢިލްމީ ޤާބިލްކަމާއި ހުނަރު އިތުރުވެގެން ކަމަށެވެ.
މީގެ ފަސް އަހަރު ކުރިން، ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލަންޖެހުނީ ބާދީ ކުޑަވުމުގެ ސަބަބުން ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އާބާދީ ކުޑަ ރަށްރަށުގެ ސްކޫލްތަކުގައި، ސެޓަލައިޓް ކްލާސްރޫމްތައް މިހާރު ޤާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި