ދުނިޔޭގެ އެންމެ ބޮޑު އެއް ބައްރު އޭޝިޔާ އަށް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދިން އުފަންވާ ނިސްބަތް ދަށަށް ދިޔުމެވެ. އެ "ޓްރެންޑް" އަނބުރާލަން ނުވަތަ އުފަންވާ ނިސްބަތް އިތުރުކުރަން ސަރުކާރުތަކުން ދަނީ ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަމުންނެވެ. ނަމަވެސް އަދިވެސް އެންމެ އެކަށީގެންވާ ހައްލެއް ނުލިބެއެވެ.
މި ސިޔާސަތުތައް މަސައްކަތްކުރާނެބާ؟
ދެމަފިރިންނަށް އިތުރު ދަރިން ލިބުމަށް ބާރުއެޅުމުގެ ގޮތުން ޖަޕާނުން 1990 ގެ އަހަރުތަކުގައި ސިޔާސަތުތައް އެކުލަވާލިއެވެ. 2000 ގެ އަހަރުތަކުގައި ދެކުނު ކޮރެއާ އަދި 1987 ވަނަ އަހަރު ސިންގަޕޫރުން ހަމަ އެފަދަ ސިޔާސަތުތަކެއް އެކުލަވާލިއެވެ. 60 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާބާދީ ދަށަށް ދިޔަ ޗައިނާ ވެސް ވަނީ އެ ގައުމުތަކުން އެކުލަވާލި ސިޔާސަތުތަކެއް އެކުލަވާލާފައެވެ.
އެ ސިޔާސަތުތަކަށް ހޭދަވާނެ ސީދާ އަގު ކަނޑައެޅުމަކީ ގޮންޖެހުންމެއް ނަމަވެސް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް ވިދާޅުވަނީ، އާބާދީ އިތުރުކުރުމަށް ބާރުއެޅުމަށް ފާއިތުވި 16 އަހަރުގެ ތެރޭގައި އެގައުމުން 200 ބިލިއަން ޑޮލަރަށްވުރެ ގިނަ އިން ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. ދެކުނު ކޮރެއާއިން ވަނީ މިދިޔަ އަހަރު ދުނިޔޭގައި ދަރިމައިވުމުގެ ނިސްބަތް އެންމެ ދަށްކަމަށް އާ ރެކޯޑެއް ގާއިމުކޮށްފައެވެ.
މިދިޔަ އަހަރު އަށް ލައްކައަށްވުރެ މަދުން، ކުދިން އުފަންވި ޖަޕާނުގައި ކުޑަކުދިންނާ ގުޅުންހުރި ސިޔާސަތުތަކަށް ކަނޑައަޅާފައިވާ ބަޖެޓް ގާތްގަނޑަކަށް 74.7 ބިލިއަން ޑޮލަރަށް ދެގުނަ ކުރައްވާނެ ކަމަށް ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފަންވާ ނިސްބަތް މަދުކުރުމަށް ގިނަ ގައުމުތަކުން ސަމާލުކަން ދެމުން އަންނައިރު، ދަރިމައިވުން އިތުރުކުރުމަށް އަމާޒުހިފާފައިވާ ގައުމުތަކުގެ އަދަދު 1976 ވަނަ އަހަރުން ފެށިގެން ތިން ގުނަ އިތުރުވެފައިވާ ކަމަށް އދ އިން ދާދީ ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އެހެންވީމާ، މި ސަރުކާރުތަކުން އެމީހުންގެ އާބާދީ އިތުރުކުރަން ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟
ސަރުކާރުތަކުގެ އަމާޒަކީ މައިގަނޑު ގޮތެއްގައި އިގްތިސާދީ ސަބަބުތަކާ ހުރެ އާބާދީ އިތުރުކުރުމެވެ. ބޮޑު އާބާދީއެއްގެ ސަބަބުން އިގްތިސާދީ ކުރިއެރުން އިތުރުވުމަށް އެހީތެރިވެދޭނެއެވެ. އޭގެ މާނައަކީ ވަޒީފާ އަދާކުރުމަށާއި މުދަލާއި ހިދުމަތް އުފެއްދުމަށް އިތުރު ފަރުދުން ލިބުމެވެ. މަސައްކަތްތެރިން ގިނަވުމުން އުފެއްދުންތެރިކަން އިތުރުވެ، ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ވެސް އިތުރުވެދާނެއެވެ.
އަނެއް ކަމަކީ އޭޝިއާގެ ގިނަ ގައުމުތަކެއްގައި މުސްކުޅިންގެ އާބާދީ ގިނަވުމެވެ. މިސާލަކަށް ޖަޕާނުގެ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ އަކީ އުމުރުން 65 އަހަރުން މަތީގެ ގައުމަކަށް ވާއިރު، ސަރަހައްދުގެ އެހެން ބައެއް ގައުމުތަކަށް ވެސް މިފަދަ ޑިމޮގްރަފިކް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ވަޒީފާ އަދާކުރާ އުމުރުގެ އާބާދީ، ވަޒީފާ އަދާނުކުރާ އާބާދީގެ ނިސްބަތުން މަދުވަމުންދާވަރަކަށް، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމުގެ ހަރަދާއި ބުރަ ބޮޑުވެގެންދެއެވެ.
އެއާ ހިލާފަށް ދާދި ފަހުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެއްގެ ގޮތުގައި އޮތް ޗައިނާ ފަހަތަށް ޖައްސާލި އިންޑިއާ ފަދަ ގައުމުތަކުގެ ވަޒީފާގެ އަދާކުރާ އާބާދީ އަކީ އުމުރުން 10 އަހަރާއި 20 އަހަރާ ދެމެދުގެ މީހުންނެވެ.. މި ޑިމޮގްރަފިކް އެޑްވާންޓޭޖަކީ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު ފުރުސަތެއް އޮތް އެޑްވާންޓޭޖެކެވެ.
އާބާދީގެ ނޭދެވޭ ކުރިއެރުމާއި މުސްކުޅި އާބާދީއެއް އެކުލެވިގެންވުމުން އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށް، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އެހެންވީމާ، ސަރުކާރުތަކުން މަސައްކަތް ކުރަނީ، މި ގޮންޖެހުންތައް ކުޑަކޮށް، އިގްތިސާދު ދެމެހެއްޓުމަށްޓަކައި، އާބާދީ އިތުރުކުރުމަށް ބާރުއެޅުން.
ޖަޕާނާއި ދެކުނު ކޮރެއާ އަދި ސިންގަޕޫރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުތަކުގެ އާބާދީ އިތުރުކުރުމަށް ކުރި މަސައްކަތްތަކަށް ލިބުނީ ވަރަށް ކުޑަ ކާމިޔާބީއެކެވެ. ޖަޕާނުގެ ފިނޭންސް މިނިސްޓްރީން ވެސް ވަނީ އެ ސިޔާސަތުތައް ފެއިލްވެފައިވާ ކަން ގަބޫލުކޮށް ދިރާސާއެއް ޝާއިއުކޮށްފައެވެ.
ޑިމޮގްރަފިކް އިންޖިނިއަރިން ސިޔާސަތުތަކުގެ ތެރެއިން ގިނަ ދަރިން ހޯދުމަށް އަންހެނުންނަށް ހިތްވަރު ދިނުމަކީ ބޭކާރު ކަމެއް ކަމަށް އދއިން ބުނެއެވެ.
އދ.ގެ އާބާދީ ފަންޑުގެ އަލަނާ އާމިޓޭޖް ވިދާޅުވި ގޮތުގައި އަންހެނުންނަށް ދަރިން ލިބުމަށް ހުރަސް އެޅޭ މައިގަނޑު ސަބަބުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ފަހަރަށް މަސައްކަތާއި އާއިލީ ދިރިއުޅުން ބެލެންސް ނުކުރެވުމަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. ސްކޭންޑިނޭވިއާގެ ގައުމުތަކުގައި ދަރިމައިވުމުގެ ސިޔާސަތުތައް އޭޝިއާގެ ގައުމުތަކަށް ވުރެ މާ ކާމިޔާބު އެވެ. ޕެންގް މި ތަފާތަކީ ހަރުދަނާ ވެލްފެއާ ނިޒާމުތައް ހުރުމާއި ދަރިން ތަރުބިއްޔަތު ކުރުމަށް ކުރާ ޚަރަދު ކުޑަވުމާއި ޖިންސުގެ ހަމަހަމަކަން އިތުރުވުމެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓުގައި އޭޝިއާގެ ގައުމުތަކުން ދަށް ރޭންކްތަކެއް ހޯދާފައިވާއިރު، އުފަންވާ ނިސްބަތް މަތިކުރުމަށް ބާރުއެޅުމުގެ ގޮތުން ޖިންސީ ހަމަހަމަކަމާއި މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް ހައްލު ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.