ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމާއި ގުޅިގެން ދައުލަތަށް 52 މިލިއަން ރުފިޔާ ނެގުމުގެ ބައި ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން ހަމަސް ތެރޭގައި 53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކުރިއެވެ.
އެގޮތުން ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ އާރަށު މައްސަލާގައި ޔާމީނަށް ހުކުމްކުރި ފަހުންކަން ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ހައިކޯޓުން ވަނީ ހުކުމުގެ ފަހުން ނެރުނު އަމުރެއްގެ ދަށުން އެފައިސާ ދައްކަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކުރީއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ވ. އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 07 މޭ 2023 ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ ރައީސް ޔާމީން ލޯންޑަރކުރިކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި