ރާއްޖެ އާއި އަވައްޓެރި އިންޑިއާ އަދި ސްރީލަންކާ އަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އަތުލައިގަތް އެ ތަކެތީގެ ޖުމްލަ އަދަދު 2.5 ޓަނަށް އަރައެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަނަކޯ އެންސީބީގެ އިތުރުން އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އަތުލައިގަތް މަސްތުވާތަކެތީގައި ހިމެނެނީ މެތަމްޕެޓަމައިން (މެތު)ގެ ބާވަތެކެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގު 28 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެންސީބީއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވެއެވެ.
އާއްމުކޮށް އީރާނާއި ޕާކިސްތާނު އަދި އަފްގާނިސްތާނުން ގެންނަ މިބާވަތުގެ ޑުރަގު އެތެރެކުރަނީ ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ އަށް ކަމަށް ވެސް އެ ނޫސްތަކުގައިވެއެވެ.
އުންމީދަކީ އުފާވާ ޖަވާބުތަކެއް ސަރުކާރުން ލިބިގެންދިއުން: އިމްރާން
ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމަށް ނަޝީދު ގޮވާލައްވައިފި
ރަސްމީ ރިޒާވަށް 6 މިލިއަން ޑޮލަރުގެ އިތުރުވުމެއް
މަޓޭ ބަންދުން ދޫކޮށްލައިފި، އަދިވެސް އޮތީ ހޮސްޕިޓަލުގައި
ތަމްރީނު ދަތުރެއްގައި ފުލުހުންގެ އޮފިސަރުންތަކެއް އިންޑިއާގައި