އއ. އުކުޅަހު ބަނދަރުގައި އޮންނަ ސަފާރީއަކުން އެރަށަށް ރާ އެތެރެކުރާ ކަމަށް ބުނާ މައްސަލާގައި އެ ސަފާރީ އުކުޅަސް ބަނދަރުން ނެރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
އުކުޅަހުން “ހަތާވީސް”އާ މިއަދު ވާހަކަދެއްކި މީހަކު ބުނީ އެގޮތަށް އަމުރުކުރީ އުކުޅަހު މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި އެ ބޯޓު ނެރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އެ ސަފާރީން ރާ ވިއްކާ ކަމަށް ބުނެ ރަށު ރައްޔިތުން ވަނީ ކައުންސިލް އިދާރާ އަށް ގޮސް ޝަކުވާ ކޮށްފައެވެ. އެކަން ހައްލު ނުވުމުން ރައްޔިތުން ވަނީ ހަމަނުޖެހުން ވެސް ހިންގައިފައެވެ.
އެގޮތުން ކައުންސިލް އިދާރާ ދޮރު ބަންދުކޮށް ބޮއްކުރައެއް ކައުންސިލް އިދާރާގެ ތެރެއަށް ވެއްދިއެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި