ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންނަަށް ފާޑު ވިދާޅުވެ، ޓްވީޓު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުގްނީ ވިދާޅުވެއްޖެއެވެ.

މުގްނީ ކުރައްވާފައިވާ ކަމަށް ބުނާ އެ ޓްވީޓުގައި ވަނީ ރައީސް ސޯލިހަށް “ވަގަށް” ގޮވައިފައެވެ.

https://twitter.com/rashydahmed/status/1657310852637409281?s=46&t=M9M5hUKhSMLW6TzFVtCYOQ

އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދާއި ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފާއި އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކުގެ އިތުރުން އާބަންކޯގެ އެމްޑީ އަހްމަދު އާތިފް އަކީ ވެސް “ވަގުން” ކަމަށް އެ ޓްވީޓުގައިވެއެވެ. ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކޮށްފައިވާ އެ ޓްވީޓުގައި މި ސަރުކާރު ނިމެން ދެން އޮތީ ހަތަރު މަސް ދުވަސް ކަމަށްވެސް ބުނެފައިވެއެވެ.

އެ ޓްވީޓާއި ގުޅިގެން ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން އަންނަނީ މުގުނީ މަގާމުން ވަކި ކުރުމަށް ގޮވާލަމުންނެވެ.

”ހަތާވީސް” މިރޭ މުގުނީއާ ގުޅާލުމުން އެއީ އޭނާ ކުރެއްވި ޓްވީޓެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ބަޔަކު ހަދައިގެން އުޅޭ “ފޭކް” ޓްވީޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުގްނީ ވަނީ ގޮތުގައި ސިޔާސީ ގޮތުން އަންނަ އެކަހަލަ ހުރިހާ ކަމަކަށް ރިއެކްޓު ކުރުން ރަނގަޅު ނުވާނެ ކަމަށް ވިދާޅުވިއެވެ.