އިޒްރޭލުން ޖެހިޖެހިގެން ތިން ވަނަ ދުވަހު ވެސް ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީ، ފަލަސްތީނުގެ 27 މީހަކު މަރާލާފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފަސް ކުޑަކުދިންނެވެ. އިޒްރޭލުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ފަލަސްތީނު އިސްލާމިކް ޖިހާދު މޫވްމަންޓް (ޕީއައިޖޭ) އާ ގުޅިފައިވާ ހަތަރު ލީޑަރަކަށެވެ.

އެންމެ ފަހުން ދިން ހަމަލާގައި އިސްރާއީލު ސިފައިން ވަނީ ޕީއައިޖޭގެ ރޮކެޓް ލޯންޗް ޔުނިޓްގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި އަލީ ގާލީ މަރާލާފައެވެ. އެ ހަމަލާ ދީފައިވަނީ ގައްޒާގެ ދެކުނު ސަރަޙައްދުގައި ހުންނަ ހާން ޔުނިސްގެ ނަމުން ނަންދީފައިވާ އިމާރާތެއްގައެވެ.

https://twitter.com/Timesofgaza/status/1657018442388582407

މިދިޔަ ބުދަ ދުވަހުން ފެށިގެން ގައްޒާއިން އިޒްރޭލާ ދިމާލަށް 400 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ގިނަ ރޮކެޓްތައް ހުއްޓުވާފައިވަނީ އިސްރާއީލުގެ މިސައިލް ޑިފެންސްތަކުންނެވެ.
ފަލަސްތީނުގެ އިސްލާމީ ޖިހާދަކީ ކޮން ބައެއް؟
ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) އަކީ 1981 ވަނަ އަހަރު މިސްރުގައި ތިބި ފަލަސްތީނުގެ ދަރިވަރުން ގުޅިގެން އުފެއްދި ޖަމާއަތެކެވެ. މައިގަނޑު މަގްސަދަކީ ހުޅަނގު އައްސޭރިއާއި ގައްޒާގައި އިޒްރޭލުން ގަވައިދާ ހިލާފަށް ހިފާފައިވާ ސަރަހައްދުތަކުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމެވެ.

ޕީއައިޖޭއިން ފަލަސްޠީނުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޑުކިޔާފައިވެއެވެ. އެ ޖަމާއަތުން މައިގަނޑު ގޮތެއްގައި ސަމާލުކަން ދެނީ އިސްރާއީލާ އެކު އަސްކަރީ ކުރިމަތިލުންތަކަށެވެ.

https://twitter.com/3lfares/status/1656470043998269441

ޕީއައިޖޭއަށް އީރާނުގެ އެހީތެރިކަން ލިބޭއިރު އޭގެ ތެރޭގައި ތަމްރީނާއި ތަޖުރިބާ އާއި މާލީ އެހީތެރިކަން ހިމެނެއެވެ. ނަމަވެސް އެ ޖަމާއަތުން ބޭނުންކުރާ ގިނަ ހަތިޔާރަކީ އަމިއްލައިން އުފައްދާ ހަތިޔާރުތަކެކެވެ.

ޕީއައިޖޭގެ މައި މަރުކަޒު ހުންނަނީ ގައްޒާގައެވެ. ނަމަވެސް ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޖެނިންގައި ވެސް އެ ޖަމާއަތުގެ ބާރު ވަރަށް ބޮޑެވެ.

ޕީއައިޖޭގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލަކީ ޒިޔާދު އަލް ނަހަލާހެވެ. އެ ޖަމާއަތުގެ ލީޑަރަކަށް އޭނާ ހޮވިވަޑައިގަތީ 2018 ވަނަ އަހަރުއެވެ.

https://twitter.com/WarMonitors/status/1657014419010797570

ފާއިތުވި އަހަރުތަކުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޖަމާއަތުގެ ދެ މެމްބަރަކު ވަނީ މަރުވެފައެވެ. ޕީއައިޖީގެ އަސްކަރީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ ތައިސިރު އަލް ޖަބާރީ ވެސް ވަނީ މަރުވެފައެވެ.
ޕީއައިޖޭ އަކީ އިޒްރޭލަށް އޮތް ބޮޑު ބިރެއް؟
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވީ އިސްލާމިކް ޖިހާދުގެ ތިން ލީޑަރުން ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް ސްޕޯކްސްޕާސަން ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވަނީ އެމީހުންނަށް ގެއްލުމެއް ދޭ ކޮންމެ މީހަކާ ބާރުގެ ބޭނުންކޮށްގެން ރައްދު ދިނުމުގެ އުސޫލަށް ބާރު އަޅާފައެވެ.

އިސްރާއީލުން ދަނީ ފަލަސްތީނުގެ ގިނަ ބަޔަކު ހައްޔަރުކޮށް މީހުން މެރުމުގެ ކެމްޕޭނެއް ދަނީ ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޕީއައިޖޭގެ އަލްޤުދުސް ބްރިގޭޑްސް އާއި ފަލަސްތީނުގެ އެހެނިހެން ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅިފައިވާ ހަނގުރާމަވެރިންނަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ މަގްސަދަކީ ޖެނިން އާއި ނަބްލޫސް ފަދަ ސިޓީތަކުގައި ފަލަސްތީނުގެ ހަތިޔާރުއެޅި ހަތިޔާރުއެޅި ހަރުކަށި ފިކުރުތައް އިތުރުވަމުން އަންނަ މިންވަރު ހުއްޓުވުން ކަމަށް ބުނެއެވެ.

ހުޅަނގު އައްސޭރީގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަކީ ސަލާމަތީ ކަންކަމަށް ހައްލެއް ހޯދައިދީ އެ ސަރަހައްދުގެ ކޮންޓްރޯލް ދެމެހެއްޓުމަށް އިސްރާއީލުން ކުރަމުންދާ ފުޅާ މަސައްކަތެއް ކަމަށް އިޒްރޭލުން ބުންނެވެ. ނަމަވެސް އެ އަމަލުތަކުގެ ސަބަބުން އާންމުންގެ ފުރާނަ ގެއްލި، ފަލަސްތީނުގެ އާބާދީގެ އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން އެކި ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.