މާލެއިން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯނި އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފުން ރޭ ބުނީ ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ދިޔަ އެ ދޯނީގެ ޚަބަރެއް އެންމެފަހުންވެފައި ވަނީ އިއްޔެ މެންދުރު 11:35 ހާއިރު ކަމަށެވެ. އޭގެ ފަހުން އެ ދޯނީގެ ޚަބަރެއް ނުވެގެން، ސިފައިންނަށް އަންގާފައި ވަނީ އިއްޔެގެ އިރުއޮއްސި 6 ޖެހިފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނީ “ޖަންބޯ” ނަމަކަށް ކިޔާ 65 ފޫޓު ދޯންޏެކެވެ. އެ ދޯނި މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރިއެވެ. ނަމަވެސް އިއްޔެ ހެނދުނު އެ ރަށުން ފުރައިގެން ދަރަވަންދޫއަށް ދަތުރުފެށިފަހުން ދޯނި ގެއްލިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު ޖަންބޯ ދޯންޏާ ވަައްތަރު ދޯންޏެއް ކަމަށްލަފާ ކުރެވޭ އުޅަނދެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލުބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން ރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައެވެ.
އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނީ އެ ދޯނިން ދަތުރުކުރި ދެ މީހުންގެ ތެރެއިން ދޯނީގެ ކައްޕިއާ ހަވާލާދީއެވެ. އެ ދެ މީހުން ސަލާމަތްވީ ސްޕީޑު ލޯންޗަކަށް އެ ދެ މީހުން ފެނިގެންނެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި