މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންން ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދޭނީ ފިނިޝިން ނިންމުމަށް ފަހު ކަމަށް އެ ފްލެޓުތައް އަޅާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
“ދިޔަރެސް” ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރަކާއި ގުޅިގެން އެ ކޯޕަރޭޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ 4000 ޔުނިޓުގެ ހައުސިން ދެ މަޝްރޫއުގައި ފިނިޝިން މަސައްކަތް ހިމެނޭނެ ކަމަށާއި ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.
އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ނަގާފައި ވާނީ ދެ ލޯނެއް ކަމަށާއި އެ ދެ ލޯނުން ފިނިޝިން މަސައްކަތް ނިންމާލެވޭނެ ކަމަށް އެފްޑީސީން ބުންޏެވެ.
އެހެންކަމުން ފިނިޝިން މަސައްކަތް ނިންމުމަށް އިތުރު ލޯނެއް ނަގާކަށް ނުޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެ މަޝްރޫއު އަށް ބޭނުންވާ ފައިސާ ހޯދަން އިތުރު ބޭންކަކަށް ގޮސްފައި ނުވާނެ ކަމަށް އެފްޑީސީން ބުންޏެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅާ އެ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ.
އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ. އެ ދެ ކުންފުންޏަކީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަސައްކަތްކުރުމުގެ ތަޖުރިބާ އިންޑިއާ އަދި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ލިބިފައިވާ ކުންފުނިތަކެކެވެ.
އަތް ފޯރާފަށުގައި ގޯތިގެދޮރު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް ސޯލިޙްގެ ސަރުކާރުން ވަރަށް އިސްކަމެއްދެއްވާކަމެކެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން