އަމިއްލަ އަށް މީހުން މަރުވާ ހަބަރުތައް މީޑިއާގައި ރިޕޯޓު ކުރުމުން އެފަދަ ކޭސްތައް އިތުރުވާ ކަމަށާއި އެހެންކަމުން އެފަދަ ހަބަރުތައް ގެނައުމުން ދުރުހެލިވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެމްސީން ބުނީ ކުޑަކުދިން އަމިއްލައަށް މަރުވާ ހަބަރުތައް މީޑިއާގައި ރިޕޯޓް ކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. އަދި މީހުން އަމިއްލަ އަށް މަރުވާ މައްސަލަތަކުގެ ހަބަރު ގެނެސްދިނުމަކީ އެފަދަ ކޭސްތައް އިތުރުވާ ސަބަބެއް ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކާ ކަމަށެވެ.
އެފަދަ އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބާރުއަޅާ ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީގެ ކޯޑް އޮފް އެތިކްސްގެ25ވަނަ މާއްދާގައިވާ ގޮތުން އަމިއްލައަށް މަރުވުމާއި ޖިނާއީ ކުށްތަކާ ބެހޭ މައުލޫމާތު ޝާއިއުކުރާއިރު، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެކަންކަމުގެ މައުލޫމާތު ޝާއިއު ކުރުމުން ދުރުހެލިވާން ވާނެއެވެ.
އެހެންކަމުން ކޯޑް އޮފް އެތިކްސް އާ އެއްގޮތަށް ޒިންމާދާރު ނޫސްވެރިކަމަށް އިސްކަންދީގެން ހަބަރުތައް ގެނެސްދިނުމަށް ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި