އިންޑިއާގެ ކެރެލާގައި އިއްޔެ، ލޯންޗެއް ބަންޑުން ޖަަހާލައި 22 މީހުން މަރުވި ހާދިސާގައި ސަލާމަތްވި ނަސީބުވެރިންގެ ތެރޭގައި ރަޖީސާ އާއި އޭނާގެ އާއިލާގެ މެމްބަރުން ހިމެނެއެވެ.

އެ ހާދިސާގެ ސަބަބުން ރާޖީސާ އާއި އޭނާގެ ފިރިމީހާ އާއި އަންހެން ދަރިފުޅަށް އަދިވެސް ތިބީ ޝޮކެއްގެ ތެރޭގައެވެ. 40 ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބޯޓު ބަންޑުން ޖަހާލީ ޕުރަޕުޒާ ނަމަކަށް ކިޔާ ކޯރަކަށެވެ. "އަހަރެމެން ސަލާމަތްވީ ލައިފް ޖެކެޓް އަޅައިގެން ތިބީމަ" ކެރެލާގެ ތަނޫރަށް ނިސްބަތްވާ ރަޖީސާ އޯން މަނޯރަމާ ކިޔާ ނޫހަކާއި ވާހަކަ ދައްކަމުން ބުންޏެވެ. އެ ހާދިސާ ހިނގާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 7:00 ޖެހިހާއިރުއެވެ.

[caption id="attachment_51111" align="aligncenter" width="540"] ރަޖީސާ، އޭނާ ސަލާމަތްވި ގޮތް މީޑިއާ ހިއްސާކުރަނީ[/caption]

"އަހަރެމެން ބޯޓަށް އެރީމަ ތިން ލައިފް ޖެކެޓ ގެނެސްދިން. އެއް ޖެކެޓަކީ ބޮޑު ޖެކެޓެއް. އެހެންވެ ފިރިމީހާ ޝިބީ އެ ޖެކެޓު އެޅީ. އަދި ޑެކުގައި ތިބި ހަތަރު ކުއްޖަކަށް ޖެކެޓް ލައިފް ޖެކެޓް ދިނިން،" އޭނާ ކިޔައިދިނެވެ.

https://twitter.com/abdulla_shahid/status/1655586608924573703

ރާޖީސާ ބުނީ ބޯޓު ދުއްވަމުން ދިޔަ މިސްރާބު ކުއްލިއަކަށް ބަދަލުކޮށްލުމުން އެކު ބޯޓުގެ އެއްފަޅިއަށް ބަރުވި ކަމަށެވެ. "ކުއްލިއަކަށް އެންމެން އެއް ފަރާތަކަށް އެއްލައިގެން ދިޔައީ. އަހަރެން ވެއްޓުނީ ދަރިފުޅު މޫދަށް ވެއްޓުމުގެ ކުރިން. ބޯޓު ފުރޮޅާލީ ވެއްޓުނު މީހުންގެ ގައި މައްޗަށް" އޭނާ ބުންޏެވެ. ބަންޑުން ޖަހާލި ބޯޓުގައި ގިނައީ ކުޑަކުދިންނެވެ. ރަޖީސާ ބުނީ ބޯޓުގެ ބައެއްގައި ޖެހުމުގެ ސަބަބުން އޭނާގެ ކަނދުރާ ޒަހަމްވި ކަމަށެވެ. އެކަމަކު ލައިފް ޖެކެޓްގެ އެހީގައި އޭނާ ވަނީ ސަލާމަތްވެފައެވެ.

https://twitter.com/thenewsminute/status/1655600929478164480

ކެރެލާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެޓްލާމްޓިން ނަމަކަށް ކިޔާ އެ ބޯޓަކީ މީގެ ކުރިން މަސްވެރިކަމަށް ބޭނުން ކުރަމުން އައި ބޯޓެކެވެ. އޮފިޝަލުން ބުނީ އެ ބޯޓުގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރަން ދޫކޮށްފައިވާ ފިޓްނަސް ސެޓްފިކެޓަކާ ނެތް ކަމަށެވެ. ދަތުރުކުރި މީހުންގެ ތެރެއިން 20 މީހުން ސަލާމަތްކޮށްފައިވާއިރު އަށްމީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

https://twitter.com/PMOIndia/status/1655262858639294465

މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ފުލުހުން ވަނީ އެ ބޯޓުގެ ވެރިޔާ ނައްސަރު ހައްޔަރުކޮށްފައެވެ. ކެރެލާގެ ޗީފް މިނިސްޓަރު ވިދާޅުވީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 10 ލައްކަ އިންޑިއަން ރުޕީސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދިވެސް ވަނީ އާއިލާތަކަށް، ސަރުކާރުން ދެ ލައްކަ ރުޕީސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.