ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހިންނަށް ޗާގޯސް ގެއްލިއްޖެ ކަމަށް ބުނެ، އެ ސަރަހައްދު އަލުން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތާއި ގުޅޭ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
އިދިކޮޅު ކޯލިޝަން ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ނަޝީދާ ބައްދަލުކުރެއްވި ފޮޓޯއެއް އާއްމު ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި އަދުރޭ އާއި ނަޝީދުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގުގެ އިތުރުން ނަޝީދު އިސްވެ ހުންނަވައިގެން ހިންގަވާ “ފިކުރެއްގެ ދިރުން” ހަރަކާތުގައި އިސްކޮށް އުޅުއްވާ ހުސައިން އަމްރު ބައިވެރިވެވަޑައިގަތެވެ.
އަދުރޭ ވިދާޅުވީ އެ ބައްދަލުކުރެއްވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި މައްސަލާގައި ދާދިފަހުން ރާއްޖޭގައި މީގެކުރިން ބަންޑާރަ ނާއިބުކަން ކުރެއްވި ބޭފުޅުންނާއި އިދިކޮޅު ކޯލިޝަނާއި ޖޭޕީ އަދި އެމްއެންޕީގެ އިތުރުން އެމްއާރްއެމް ގުޅިގެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފައެވެ. އަދި އެ ހަރަކާތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ