ރާއްޖެއަށް މިނިވަންކަން ލިބުނު އަހަރު، 1965 އިން ފެށިގެން، ރާއްޖެއިން ގެންގުޅުނު ސިޔާސަތަކީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލައިގަތުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު އެހެން ވިދާޅުވީ މޮރިޝަސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ކުރީގެ ބަންޑަރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި، ކުރެއްވި ޓްވީޓެއްގައެވެ.

ޝަހީދު ވިދާޅުވީ އޭނާ ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު، 2010 ވަނަ އަހަރު ޗާގޮސްއާ މެދު ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލު ނުކުރާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން ވެސް ގެންގުޅުނު ސިޔާސަތަކީ ރައީސް ނާސިރުގެ ވެރިކަމުގައި ޑިސެމްބަރު 16، 1965 އިން ފެށިގެން ގެންގުޅުނު ސިޔާސަތު ކަމަށް ޝަހީދު ވިދާޅުވިއެވެ.

https://twitter.com/ahmedshaheed/status/1654894095981002758?s=20

"1968، 1983، 1997، 2002 ގައި އެ ނޫން ވަގުތު ތަކުގައި ވެސް ހާމަ ކުރީ ހަމަ އެ ސިޔާސަތު،" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީމޮރިޝަސް އާއި ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދާ ބެހޭ ގޮތުން ކުރާނެ މަޝްވަރާއެއް ނެތް 2010 ވަނަ އަހަރު ވެސް ބުނެފައިވާނެ ކަަމަށެވެ. ނަމަވެސް އެ ޕޮޒިޝަން ބަދަލުވާނީ އިނގިރޭސީވިލާތުގެ އަތުން ޗާގޯސް މޮރިޝަސްއަށް ލިބުނު ދުވަހަކުން ކަމަށް ޝަހީދު ވިދާޅުވެފައިވެއެވެ.

https://twitter.com/ahmedshaheed/status/1654895405199491074?s=20