މިއަދު ކުރިއަށްދާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ތަހުތައް ވެޑުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިފާއި ބާރުގެ ކޮންޓިންޖެންތެއް ބައިވެރިވެއްޖެއެވެ.
އެ ރަސްމިއްޔާތުގައި ކޮމަންތުވެލްތުގެ 40 ގައުމަކުން 400 ކޮންޓިންޖެންޓުން ބައިވެރިވިއިރު ރާއްޖޭގެ ފަރާތުން 10 އޮފިސަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ތިން އަންހެން އޮފިސަރުންވެސް ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވި މޭޖާ އަހުމަދު މުހައްމަދު ވިދާޅުވީ ޗާލްސް ތަހުތަށް ވެޑުވުމުގެ ތާރީހީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝަރަފު ލިބުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ލިބޭ ފަހުރެއް ކަމަށް ވިދާޅުވިއެވެ.
https://twitter.com/abdulla_shahid/status/1654796176561164288
އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ރަސްމިއްޔާތުގެ ޕްރޮސެޝަންގައި ގައުމީ ދިފާއީ ބާރުގެ ކޮންޓިންޖެންޓެއް ބައިވެރިވާކަމީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
https://twitter.com/MNDF_Official/status/1654787521262546946
"ޗާލްސް ތިނަކީ ކޮމަންވެލްތުގެވެސް ހެޑް. މިއީ ދިވެހި ކޮންޓިންޖެންޓެއް ކޮރޮނޭޝަން އިވެންޓެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު" ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް