ހުޅުމާލޭގެ ބައެއް ކެފޭ އަދި ޓޭކްއަވޭ ހިދުމަތްދޭ ތަންތަނުން ޕޭވްމަންޓުގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ޚިދުމަތް ދެމުން އަންނާތީ، އެކަން ހުއްޓާލުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އެކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ ޝަކުވާ ލިބިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.

"މިކަން ހައްލުކުރުމަށްޓަކާއި، ގޮނޑި އާއި މޭޒު އެތަންތަނުން ނެގުމަށް ވިޔަފާރި ހިންގާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވާނީ އަންގާފައެވެ،" އާބަންކޯއިން މިއަދު މީޑިއާތަކަށް ފޮނުވި ލިޔުމެއްގައިވެއެވެ.

[caption id="attachment_51041" align="alignnone" width="1280"] ހުޅުމާލެ ޕޭމަންޓެއްގައި ގޮނޑި މޭޒު ޖަހާފައި: މިކަން ހުޅުމާލޭގައި ވަނީ އާންމުވެފައި[/caption]

އެ ކޯޕަރޭޝަނުން ބުނީ މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، އެގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަމެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ،" އާބަންކޯއިން ބުންޏެވެ.

[caption id="attachment_51042" align="alignnone" width="1280"] ހުޅުމާލެ ޕޭމަންޓެއްގައި ގޮނޑި މޭޒު ޖަހާފައި: މިކަން ހުޅުމާލޭގައި ވަނީ އާންމުވެފައި[/caption]

ޓެކްއަވޭ ވިޔަފާރި އާއި، ކެފޭ ޚިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބުނީ ކެފޭތަކާއި، މިފަދަ ޚިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން ފާހަގަވެފައިވާތީ، އެފަދަ ފުރުސަތު ވެސް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.