ދުބާއީގެ ޑޮކްޓަރުންގެ ޓީމަކުން "ޖަޔަންޓް ނެވަސް" ނަމަކަށް ކިޔާ ހަމުގެ އާދަޔާ ހިލާފު ބައްޔެއް ނުވަތަ ހަށިގަނޑުގައި ބޮޑު ލަފެއް ހުރި އަލަށް އުފަންވި ކުއްޖަކަށް ފަރުވާދީގެން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މިއީ ދުނިޔޭގެ ކޮންމެ ފަސް ލައްކަ މީހަކުން އެކަކަށް ޖެހޭ ބައްޔެކެވެ. މިއީ ދުބާއީގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން އެގައުމުގައި މިފަދަ ޕްރޮސީޖާއެއް ހެދި ފުރަތަމަ ފަހަރުއެވެ. އެ ކުއްޖާގެ ހަށިގަނޑުގެ ގާތްގަނޑަކަށް 20 އިންސައްތަ އަށް އެ ލަފެއް ވަނީ ފެތުރިފައެވެ.
ދުބާއީގެ ޕްލާސްޓިކް ސާޖަން ޑރ ރޮބަޓް ހިޔާނާ ވިދާޅުވީ ބޮޑު ނެވަސް ނުވަ ބާތުމާކަކަށް ފަރުވާ ދެވޭނެ އެންމެ ރަނގަޅު ގޮތަކީ އެމާކެއް "ނައްތާލުން" ކަމަށެވެ. ކުދި އުފަން މާކެއްނަމަ އެކަން ކުރަން ޖެހޭނީ ކުއްޖާއަށް އެއް އަހަރު ފުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެބްލޭޝަން އަކީ ލޭޒާ، ކެމިކަލް ނުވަތަ ސާޖަރީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަމުގެ ތުނި ފަށަލައެއް ނައްތާލުމެވެ. އެ ޕްރޮސީޖާ ތެރޭގައި ހަންގަނޑު ގައިގައި ރިއްސުން ކުޑަކުރެއެވެ. އެއަށް ފަހު ހާއްސަ ޑިވައިސްއަކުން ހަމުގެ މަތީ ފަށަލަ ނަަގައެވެ. އޭގެ ތެރޭގައި މަރުވެފައިވާ ސެލްތައްވެސް ހުރެއެވެ.
މިއީ އުފަންވާއިރު ހަންގަނޑު ފުރިހަމަ ނުވުމުގެ ސަބަބުން ދިމާވާ ތަފާތު ހާލަތެކެވެ. ބްރައުން ޕިގްމެންޓް (މެލަނޯސައިޓްސް) ހުންނަ ސެލްތައް އުފަންވާތާ ދެ ހަފްތަ އާއި ހަ ހަފުތާ ފަހުން ޑާމިސްގެ ތިރީ ބައިގައި އަދި ސަބްކިއުޓެނިއަސް ޓިޝޫގެ މަތީ ބައިތަކުގައި ވެސް އެސެލްތަކުގެ އާދައިގެ ހިސާބަށް ފައިބާނެއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް މި ޕްރޮސީޖާ ކުރިއަށް ގެންދަންޖެހޭ ކަމަށް ޑރ.ހިއާނާ ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވީ ގިނަ ޕިގްމެންޓް ސެލްތައް އަދިވެސް އޮތީ ވަރަށް މަތީގައި ކަމަށްވާތީ ހަ ހަފުތާގެ ތެރޭގައި ނައްތާލެވިދާނެ ކަމަށެވެ. އެކަމަކު ޕޯސްޓް ކުރުމުން އެ ސެލްތައް އަޑިއަށް ދާނެ ކަމަށާއި އެއަށް ފަހު އެ ސެލްތައް ނައްތާނުލެވޭނެ ކަމަށެވެ.
ސާޖަރީ ކުރިއަށް ދިޔައިރު އަދި އޭގެ ފަހުން އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ. ޑރ ޔޫނުސް އާއި އޭނާގެ ހުނަރުވެރި ނާސިން ޓީމުން ވަނީ ކުޑަކުދިންގެ އައިސީޔޫގައި ތުއްތު ކުއްޖާ ބަލަހައްޓާފައެވެ. އެކުއްޖާ ހޮސްޕިޓަލުން ދޫކޮށްލީ އޭގެ ހަފުތާއެއް ފަހުންނެވެ.
އެ ޑޮކްޓަރުން ބޭނުންވަނީ ހަމުގެ އެފަދަ މައްސަލަތައް ހުންނަ އެހެން މީހުންނަށް އެހީތެރިވުމަށެވެ. އެ ޑޮކްޓަރުން ދެކޭ ގޮތުގައި އެ މީހުންގެ ކާމިޔާބީގެ ސަބަބުން ދުބާއީގެ އެހެން ޑޮކްޓަރުން ވެސް ސިއްހީ ދާއިރާގައި އާ ކަންތައްތަކެއް ކުރަން ހިތްވަރު ލިބޭނެ އެވެ.