މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިރޭ ބުނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ސަރަހަށްދުތަކަށް ޔެލޯ އެލާޓު ވަނީ ނެރެފައެވެ.
މެޓުން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށާއި ކަނޑުތައް "ވަރަށް" ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
ރާއްޖެ އަށް މިހާރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މެޓުން ބުނީ ކުރިޔަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު އާއްމު ވައި 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ޖެހޭނެ ކަމަށެވެ. ނަމަވެސް ވިލާގަނޑުގައި 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެންކަމުން ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދަވެސް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން މެޓުން ވަނީ މޫސުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ކުރިމަތިވާނެ ނުރައްކާ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި