މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި އެހެންކަމުން ކުރިޔަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު އާއްމު ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމޮށްފިއެވެ.
މެޓު އޮފީހުން މިއަދު ބުނީ މިއަހަރުގެ ހުޅަނގު މޫސުން އިއްޔެ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައިވާ ކަމަށެވެ. އަދި މެދުރާއްޖޭގެ ރަށްތަކަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިއަދު ކަމަށްވެސް މެޓުން ބުންޏެވެ.
މެޓުން ބުނީ ކުރިޔަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު އާއްމު ވައި 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ޖެހޭނެ ކަމަށެވެ. ނަމަވެސް ވިލާގަނޑުގައި 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެންކަމުން ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދަވެސް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން މެޓުން ވަނީ މޫސުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ކުރިމަތިވާނެ ނުރައްކާ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ މޫސުން ބަލަމުން އަންނަ ގޮތް:
ރާއްޖޭގައި އޮންނަނީ ދެ މޫސުމެކެވެ. އެއީ އިރުވައި އަދި ހުޅަނގު މޫސުމެވެ. އިރުވައި މޫސުން ފެށި އަދި ނިމެނީ، މީލާދީ ގޮތުން ބަލާ ނަމަ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އޮންނަ މޫސުމެކެވެ.
ހުޅަނގު މޫސުމުގެ އަސަރު އާއްމު ގޮތެއްގައި ރާއްޖޭގެ ދެކުނު ރަށްތަކަށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގައި ފެށެއެވެ. އޭގެފަހުން މެދުރާއްޖެތެރެ އަށް ހުޅަނގު މޫސުމުގެ އަސަރު ފޯރައެވެ. އަދި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުމުގެ އަސަރު ފޯރައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި