އދ. ދިގުރަށާއި ނ. މާޅެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރު ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ހައުސިން މިނިސްޓްރީން ބުނީ ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ އުތުރު ފަރާތުގައި 127 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ގާއިމްކުރުމާއި ބެކްފިލްކުރުމާއި އަދި 15 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމްކުރެވިގެން ދާނެ ކަމަށެވެ.
މީގެއިތުރުން އެށުގެ އިރުމަތީ ފަރާތުގައި 420 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ޖައްސައި އެ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދި ކުރެވޭނެ ކަމަށް ވެސް ބުންޏެވެ. 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަސައްކަތުގެ ޖުމްލަ އަގަކީ 12.86 މިލިއަން ރުފިޔާއެވެ.
[caption id="attachment_50984" align="alignnone" width="1600"] މާޅެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު: ފޮޓޯ / ހައުސިން މިނިސްޓްރީ[/caption]
މާޅެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ތޮށިލުމާއި އަދި ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީ ގާއިމްކުރެވިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ފަސް މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި 73 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި 386 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 175 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން 47 މީޓަރު އެއްގަމު ތޮށި ޖެހުމާއި 47 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 0 މޫރިން ރިންގް ހަރުކުރުމާއި ހަތަރު މޫރިން ބޮއި ހަރުކުރުމަކީ ވެސް މި މަސައްކަތުގެ ދަށުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކެވެ.
ދުއިސައްތަ ހަތްދިހަ ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކޮށްފައިވާ އެ މަސައްކަތުގެ އަގަކީ 34 މިލިއަން ރުފިޔާއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި