ރޭ ފަތިހުން ފެށިގެން މާލެ އަށް ކުރަމުން އަންނަ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައި ވަނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަަށް ލ. އަތޮޅުުން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓު ނެރެފައެވެ.
ރޭގެ ފަތިހުން ފެށިގެން ވާރޭ ވެހި މާލޭގެ ގިނަ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އެހެންކަމުން އެމްއެންޑީއެފް އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ފަށައިފައެވެ.
އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެެގޮތުން މިއަދު ހެނދުނު 06:08 ހާއިރު ފެން ހިއްކުމުގެ މަސައްކަތްފަށާފައިވާއިރު، މިހާތަނަށް މާލޭގެ ތިން ސަރަހައްދެއްގައި (ގިޔާސުއްދީން ސުކޫލު،އައިޖީއެމްއެޗް އަދި ދިރާގު ހެޑް އޮފީސް) ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި