މަގު ހަދާ ކުންފުނި އާރްޑީސީން ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން، ބައެއް ރަށްރަށުގައި ވަރަށް އަވަހަށް ތާރު އަޅަން ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ލަފާކޮށްފިއެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި މޫކޭ ރޭ ވަނީ އާރްޑީސީން ހިންގަމުންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. މޫކޭ ރޭ ވިދާޅުވީ އާރްޑީސީން 21 ރަށެއްގައި މަޝްރޫއު ކުރިއަށް ގެންދާ ކަމަށެވެ. ހަތް މަޝްރޫއު އަކީ ސަބްވޭސްތަކާއި ބައެއް ރަށްރަށުގެ ސްޓްރީޓް ސްކޭޕިން މަސައްކަތްތަކަށްވާއިރު އެ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.

[caption id="attachment_42449" align="aligncenter" width="2048"] އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ- އާރްޑީސީ[/caption]

"މިހާރު ތިން ރަށެއް ފިޔަވައި އަޅުގަނޑުމެން ހަވާލުވި ހަ ރަށުގެ ހުރިހާ މަސައްކަތެއް ނިންމާ ހަވާލުކުރެވިފައިވާނީ ބައެއް ރަށްރަށުގައި ޓާފްއަޅައިވެސް ހިނގައްޖެ" މޫކޭ ވިދާޅުވިއެވެ.
އާރްޑީސީގެ މަޝްރޫއުތަކުގެ އަދާހަމަ:

ހއ. ދިއްދޫ: މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަންއާ ކޭބަލް ވަޅުލުމުގެ މަސައްކަތް ދެ މަގެއްގެ 90 އިންސައްތަ މަސައްކަތް ނިމިފައި.
ށ. މިލަންދޫ: މަގުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަސައްކަތް ނިމިފައި. ތާރުއަޅަން ރެޑީވެފައި
ރ. ހުޅުދުއްފާރު އަދި ނ. ވެލިދޫ: ތާރު އަޅަން ތައްޔާރުވެފައި. ގިނަ މަސައްކަތް ނިމިފައި
ނ. ހޮޅުދޫ: މި މަސް ތެރޭގައި މަސައްކަތް ފަށާނެ
ނ. މަނަދޫ: އިއައިއޭ ކުރިއަށްދަނީ
ރ. އަލިފުށި: އިއައިއޭ މަސައްކަތާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް
ގދ. ތިނަދޫ: މި މަހު 15 ގައި ތާރުއަޅަން ފަށާނެ
ތ.ތިމަރަފުށީ: އެއާޕޯޓުގެ މަގުގައި ތާރުއަޅައި މަސައްކަތް ނިމިއްޖެ
ޅ. ހިންނަވަރު: ސެޕްޓެމްބަރު މަހުގައި ހުރިހާ މަސައްކަތް ނިމޭނޭ
ދ. ކުޑަހުވަދޫ: ސްޕީޑު ހުރި ގޮތުން ނޮވެމްބަރަށް މަސައްކަތް ނިންމާލެވޭނެ
ގދ. ގައްދޫ: މަސައްކަތްތައް ނިންމާލެވޭނީ ޖުލައި ފަހަކަށް
ގއ. ވިލިގިލީ، ގއ. ކޮލަމާފުށި: ޑިސެމްބަރު މަހަށް ނިންމާލެވޭނެ
ރ. ހުޅުދުއްފާރު: އޮގަސްޓު މަހަށް ނިންމާލެވޭނެ
ހއ. އިހަވަންދޫ: ސައިޓް ސެޓަޕްއާއި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ

މޫކޭ ވިދާޅުވި ގޮތުގައި ގިނަ ފަހަރު މަސައްކަތް ލަސްވާ ސަބަބު ރައްޔިތުންނަށް ނޭގެ ކަމަށެވެ. މިސާލެއްގެ ގޮތުން ކުޅުދުއްފުށީގައި އާރްޑީސީން ކުރިއަށް ގެންދާ މަޝްރޫއުތަކަށް އަލިއަޅުއްވާލަމުން މޫކޭ ވިދާޅުވި ކުރިއާ ހިލާފަށް މިހާރުގެ ތަފާތަކީ ޕްރޮޖެކްޓް ޕްލޭންކޮށް ތަންފީޒުކުރަން ފެށުމަށް ފަހުވެސް ކައުންސިލްތަކާއި ރައްޔިތުން އެދޭ ގޮތުގެ ޕްލޭން ބަދަލުކުރަން ޖެހޭ ކަމަށެވެ.

[caption id="attachment_27147" align="aligncenter" width="608"] ށ. މިލަންދޫ މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދާ އާރްޑީސީގެ މަސައްކަތްތަކުގައި އަންހެން މަސައްކަތްތެރިން ބައިވެރިވަނީ: ފޮޓޯ / އާރްޑީސީ[/caption]

"ކުރީގައި ވެއްޖެއްޔާ ސަރުކާރުން ރާވަނީ. ރާވާ ގޮތަކަށް ތަންފީޒުކޮށް ނިމެނީ ރައްޔިތުން ކިތަންމެ ފާޑެއްކިޔަސް. އެކަމެއް ނިންމާލަނީ. ފަހުން ރައްޔިތުންނަށް ޖެހޭ ތަކުލީފުގައި ރައްޔިތުންގެ ރުޅި އޮވޭ ސަރުކާރަށް އެތައް ދުވަހަކަށް ދިގު ދެމިގެންގޮސް" މޫކެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެކްނިކަލް މީހުން މަދުވުމަކީ ބައެއް މަސައްކަތްތައް ލަސްވާ ސަބަބެއް ކަމަށެވެ.