މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓު ހާމަ ކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި 2،82،755 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ.
މިއީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށްވުރެ 20،620 މީހުންގެ އިތުރުވުމެކެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން ނިންމައިފައެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ދެވަނަ ބުރު ބާއްވަން އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މީގެކުރިން ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. އެގޮތުން ޖުލައި މަހުގެ 23ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 3ވަނަ ދުވަހާއި ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވު ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރުމަށް އޮގަސްޓު 10 އިން ސެޕްޓެމްބަރު 8އާ ހަމައަށް ވަގުތު ދެވޭނެ ކަމަށެވެ.
އުތުރު ބަދަލުކޮށްލާ، ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި
ވެރިކަމާއި ހަވާލުވިއިރު ހަނިމާދޫ އެއާޕޯޓުގެ ނިމިފައި ވަނީ 30 ޕަސެންޓު
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރާ އަޑިއަށް ދަނީ
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު