ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖެ އިން 194 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މިދިޔަ މަހުގެ 23ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް 194 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މީގެތެރެއިން 105 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ރަށްރަށުން 42 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 38 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
އެޗްޕީއޭ އިން ވަނީ ރާއްޖޭގައި ކޮވިޑު އަނެއްކާވެސް ފެތުރެމުން އަންނާތީ އެކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި