ރައްޔިތުންގެ މަޖިލީހުގެ މަތިވެދި ދާއިރާގެ މެމްބަރަށް މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ޒަރީޒަށް ހަމަލާދީފައި ވަނީ ހެންވޭރުގައި ހުންނަ، ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައެވެ. އެ މައްސަލައިގެ ރިޕޯޓް ލިބުނީ ރޭ ފަތިހު ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީއާ ގުޅިގެން ޒަރީރަށް ލިބިފައިވާ އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ޒަރީރަށް ހަމަލާދިނީ ކޮން ބައެއް ކަމެއް އަދި ނޭނގެއެވެ. އެ މައްސަލާގައި ބަޔަކު ހައްޔަރު ކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ޒަރީރަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ވެސް އަދި ނުލިބެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން