ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގް މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާއާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބައިލެޓްރަލް މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް އަށް ފާސްޓް ޕެޓްރޯލް އުޅަނދަކާއި ލޭންޑިން ކްރާފްޓެއް ހަދިޔާ ކުރާނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ކުރެއްވި ޓްވީޓެއްގައިވެއެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި