ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މައްސަލަ ނިންމުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ސިޔާދަތީ ބާރު ލިބިގެން ހިނގައްޖެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އިމުގެ މައްސަލާގައި ޓްރައިބިއުނަލުން ދިވެޖިރާއްޖޭގެ ބައުންޑަރީ ކަނޑައެޅުމުގެ ނަތީޖާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ [މުއާހަދާ]ގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އެއްގޮތަށް ރާއްޖޭގެ ދެކުނުން ހާއްސަ އިގްތިސޯދީ ސަރަހައްދުގެ “އައުޓާ ލިމިޓު” ކަނޑައެޅި އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބި ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުގެ މަތިން ކަށަވަރު ކުރެވިގެން ހިނގަ

ޗާގޯސް އައިލެންޑްގެ ކަނޑުގެ ސަރަހައްދުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރައެވެ. އެހެންކަމުން އެ މައްސަލަ އިޓްލޮސް އަށް ހުށަހަޅާފައި ވަނީ މޮރިޝަސް އިންނެވެ.

އިޓްލޮސްގައި ވެސް އެންމެ ބޮޑަށް ދެގައުމުގެ މެދުގައި ހިޔާލު ތަފާތުވެގެން ދިޔައީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ފަށާ ހިސާބެވެ.

[caption id="attachment_50705" align="alignnone" width="800"] އިމުގެ މައްސަލާގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރި ޓީމުގެ ބޭފުޅުންނާއެކު ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު —[/caption]

މޮރިޝަސް އިން ބުނަނީ އިން ބަހަން ޖެހޭނީ ބްލެންހެމް ރީފުން ފެށިގެން ކަމަށެވެ. އެކަމަކު އެއީ މޮރިޝަސް އައްސޭރި ފަށުގެ ބައެއް ނޫން ކަމަށް ބުނެ ރާއްޖެ އިން ވަނީ އެކަން ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.

ރާއްޖެ އިން ވަނީ މޮރިޝަސް އިން ކަނޑައަޅަން ހުށަހަޅާފައިވާ ބޭސް ޕޮއިންޓަކީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނެއް ނޫން ކަމަށް ބުނެފައެވެ.

އެ ހުރިހާ ހެކިތަކުގެ މައްޗަށް ބެލުމަށް ފަހު އިޓްލޮސް އިން މޮރީޝަސް އިން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމިއެވެ.

އިޓްލޮސް އިން މިއަދު ނިންމި މައްސަލާގައި ވަނީ ރާއްޖޭގެ ހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ. އަދި ބްލެންހަމް ރީފް އަކޯ ބޭސް ޕޮއިންޓު ނޫން ކަމަށް އޮޓްލޮސް އިން ނިންމިއެވެ.

އެގޮތަށް ނިންމުމުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރީޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. ބްލެންހެމް ރީފް އަކީ ބޭސް ޕޮއިންޓު ކަމަށް ނިންމި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބުނީހެވެ.