ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މައްސަލަ ނިންމައިފިއެވެ.
ޗާގޯސް އައިލެންޑްގެ ކަނޑުގެ ސަރަހައްދުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރައެވެ. އެހެންކަމުން އެ މައްސަލަ އިޓްލޮސް އަށް ހުށަހަޅާފައި ވަނީ މޮރިޝަސް އިންނެވެ.
އިޓްލޮސްގައި ވެސް އެންމެ ބޮޑަށް ދެގައުމުގެ މެދުގައި ހިޔާލު ތަފާތުވެގެން ދިޔައީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ފަށާ ހިސާބެވެ.
[caption id="attachment_50699" align="alignnone" width="752"] މައްސަލާގައި ނިންމެވި ގޮތް ހާމަ ކުރެއްވި ޖިން-ހިއުން ޕައިކް[/caption]
މޮރިޝަސް އިން ބުނަނީ އިން ބަހަން ޖެހޭނީ ބްލެންހެމް ރީފުން ފެށިގެން ކަމަށެވެ. އެކަމަކު އެއީ މޮރިޝަސް އައްސޭރި ފަށުގެ ބައެއް ނޫން ކަމަށް ބުނެ ރާއްޖެ އިން ވަނީ އެކަން ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.
ރާއްޖެ އިން ވަނީ މޮރިޝަސް އިން ކަނޑައަޅަން ހުށަހަޅާފައިވާ ބޭސް ޕޮއިންޓަކީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނެއް ނޫން ކަމަށް ބުނެފައެވެ.
އެ ހުރިހާ ހެކިތަކުގެ މައްޗަށް ބެލުމަށް ފަހު އިޓްލޮސް އިން މޮރީޝަސް އިން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމިއެވެ.
އިޓްލޮސް އިން މިއަދު ނިންމި މައްސަލާގައި ވަނީ ރާއްޖޭގެ ހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ. އަދި ބްލެންހަމް ރީފް އަކޯ ބޭސް ޕޮއިންޓު ނޫން ކަމަށް އޮޓްލޮސް އިން ނިންމިއެވެ.
އެގޮތަށް ނިންމުމުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރީޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. ބްލެންހެމް ރީފް އަކީ ބޭސް ޕޮއިންޓު ކަމަށް ނިންމި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބުނީހެވެ.
އިޓްލޮސް އިން މިގޮތަށް ބަހާލާފައި ވަނީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުންނެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން