ދުނިޔޭގެ އޯޓިޒަމްި ދުވަހާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.
އެގޮތުން އެމްއޭސީއެލް އިން ވަނީ އޯޓިސްޓިކް ކުދިންނަށް ވީއައިއޭގައި ހާއްސަ ޓުއާއެއް ދީފައެވެ. އެ ޓުއާގައި 14 ކުދިންނާއި ތިން ޓީޗަރުން ބައިވެރިވި ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
[caption id="attachment_50649" align="alignnone" width="2560"] އޯޓިޒަމްި ދުވަހާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިޔަށް ގެންދިޔަ ޓުއާގެ ތެރެއިން ——[/caption]
އެ ޓުއާގައި ވީއައިއޭގެ އޮޕަރޭޝަންތައް ކުރިޔަށްދާ ގޮތާއި އެކަމުގެ މައުލޫމާތުތައް އެކުދިންނަށް ދީފައިވެއެވެ. އަދި އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ވެހިކަލަށް އަރާ އެކަން ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް އެކުދިންނަށް ދިނެވެ.
މި ޓުއާ ނިންމާލުމަށް ފަހު އެމްއޭސީއެލް އިން ވަނީ އެކުދިންނަށް ހަދިޔާވެސް ދީފައެވެ.
[caption id="attachment_50648" align="alignnone" width="2560"] އޯޓިޒަމްި ދުވަހާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިޔަށް ގެންދިޔަ ޓުއާގެ ތެރެއިން ——[/caption]
މީގެއިތުރުން އެމްއޭސީއެލް އިން ވަނީ ފަންޑްރައިޒިން ހަރަކާތެއް ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން އެގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް އެއާޕޯޓުގައި ތަކެތި ވިއްކުމުގެ ފުރުސަތު ވަނީ ދީފައެވެ.
މި ހަރަކާތަކީ އެމްއޭސީއެލްގެ ސީއެސްއާރުގެ ދަށުން ކުރިޔަށް ދިޔަ ހަރަކާތެކެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން