ރާއްޖެއާއި ބުރަންޑީ ސަރުކާރާ ދެމެދުގައި މިއުޗުއަލް އެކްޒެމްޕްޝަން އޮފް ވިސާ ރިކުއަރމަންޓްސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ދެގައުމުގެ ރައްޔިތުންނަށް އެއްގައުމު އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރުމަށް މަގުފަހިވާ އެއްބަސްވުމެކެވެ.
މީގެ ތެރޭގައި ސިންގަލް ނުވަތަ މަލްޓިޕްލް އެންޓްރީ، އެގްޒިޓް ނުވަތަ ޓްރާންސިޓް ވެސް ހިމެނެެއެވެ.އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ފަހުންނެވެ.
ރާއްޖޭގެ ޕާސްޕޯޓު ބޭނުންކުރެވޭ ގައުމުތައް އިތުރުވުން
ބުރަންޑީއާއެކު ވެވުނު ވިސާ އެކްޒެމްޕްޝަން އެއްބަސްވުމާއެކު މިހާރު ރާއްޖޭގެ ޕާސްޕޯޓު އޮތް ރައްޔިތުންނަށް 90 އަށްވުރެ ގިނަ ގައުމުތަކަށް ވިސާ ނެތި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެއެވެ.
ދުނިޔޭގައި މުޅިއަކު އޮންނަނީ 193 ގައުމުކަމުން ބުރަންޑީ ވިސާ އެކްޒެމްޕްޝަނާއެކު ދުނިޔޭގެ ދެބައިކުޅަ އެއްބައި ގައުމަށް ރާއްޖޭގެ ޕާސްޕޓްގައި ވިސާ ނެތި ދަތުރުފަތުރު ކުރެވޭނެއެވެ.
ރާއްޖޭގެ ޕާސްޕޯޓުގައި ރަޝިޔާ، ޔޫއޭއީ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތަކަށް މިހާރުވެސް ވިސާ ނެތި ދަތުރުފަތުރު ކުރެވޭނެއެވެ.
ރާއްޖޭގެ ޕާސްޕޓަކީ ދެކުނު އޭޝިޔާގައި އޮތް އެންމެ ވަރުގަދަ ޕާސްޕޯޓުކަން ފާހަގަކޮށްލެވެއެވެ.
މި އެއްބަސްވުމުން ވާނެ ފައިދާއަކީ ކޮބާ؟
ބުރަންޑީއާ އެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޕާސްޕޯޓުގައި ވިސާ ނެތި ދަތުރުފަތުރު ކުރެވޭ ގައުމުތައް އިތުރުވަމުން ދިޔުމަކީ ރާއްޖޭގެ ޕާސްޕޯޓަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރަށް ވަރުގަދަވަމުން ދިޔުމުގެ ހެއްކެކެވެ.
މިކަމުގެ ސަބަބުން ޝެންގެން ސަރަޙައްދު ހިމެނޭހެން އިތުރު ޤައުމުތަކަށް ވިސާ ނެތި ދިވެހި ޕާސްޕޯޓުގައި ދަތުރުފަތުރު ކުރުމުގެ ހުއްދަ ހޯދުމަށް ކުރާ މަސައްކަތައް އިތުރު ބާރަކާއި ލިބިގެންދާނެއެވެ.
އަދި މިއީ ދުނިޔޭގައި ރާއްޖެއަށާއި، ދިވެހިންނަށް އޮންނަ އިތުބާރު ހާމަވެ، ރާއްޖެއާއި އެހެން ޤައުމުތަކާއި އޮންނަ ގުޅުން ރަނގަޅުކަމާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަރުގަދަ ރަނގަޅު ސިޔާސަޔެއްކަން ދޭހަވާ ކަމެއްވެސްމެއެވެ.

ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި