ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޑުރަގުތަކެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން އިއްޔެ ބުނީ އެއް ކިލޯގެ ޑްރަގް އެތެރެކުރަނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.
އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި އެ ތަކެތި އަތުލައިގަނެވުނީ މިމަހުގެ 15 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރެއިންނެވެ.
އެ ޕެކޭޖުގައި ޝައްކު ކުރެވޭ ޒާތެއްގެ އެއްޗެއް ހުރުމާއި ގުޅޮގެން އިތުރަށް ބަލާ ފާސްކުރިއިރު އެ ޕެކޭޖުގެ ތެރޭގައި ހަތަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1040 ގުރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި