ހުލުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓަކާއި ގުޅިގެން، އަންހެނަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު “ހަތާވީސް” އަށް ވިދާޅުވީ ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއް ހަމަ އެމަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހި ކޮންޓްރޯލް ނުވެ ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށެވެ.
ރޭގެ 22:55 ހާއިރު ހިނގި އެ އެކްސިޑެންޓުގައި 34 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ އަންހެން މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ އެކްސިޑެންޓުގައި ކާރާއި ޕިކަޕުގެ އިތުރުން ތިން ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން