ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 16ވަނަ ދުވަހުން ފެށިގެން 22ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެ އިން 199 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.
މީގެތެރެއިން 135 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ރަށްރަށުން 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިއީ ރާއްޖޭގައި ކޮވިޑު ކޮންޓްރޯލްވި ފަހުން މިއަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެން އެންމެ ގިނައިން ޕޮޒިޓިވްބީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.
އެޗްޕީއޭގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 35 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މިދިޔަ ހަފްތާގައި އެޗްޕީއޭ އިން ވަނީ ރާއްޖޭގައި ކޮވިޑު އަނެއްކާވެސް ފެތުރެމުން އަންނާތީ އެކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި