މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ދިގުލާފައި އޮތް އޮތުން މާދަމާ ނިމުމަކަށް އަންނާނެއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެ ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ވޯޓަށް އެހުމަށް ވަނީ ތާވަލު ކޮށްފައެވެ.
ބްރޯޑްކޮމްއިން ދެ މެމްބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސަކަަށް ހުންނެވި އަހުމަދު ގައިސް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނާއި އެ ކޮމިޝަންގެ މެމްބަރު އަމްޖަދު ވަހީދުގެ ދައުރު ހަމަވެ، މަގާމު ހުސްވުމުންނެވެ. ގައިސްގެ މަގާމު ހުސްވުމުން އެ މަގާމަށް އައްޔަން ނުކުރެވި ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީވެފައެވެ. އަމްޖަދުގެ މަގާމު ހުސްވުމުން، އެ މަގާމަށް މީހަކު އައްޔަން ނުކުރެވި މަހެއްހާ ދުވަސް ވަނީވެފައެވެ.
ކޮމިޝަނުން ހުސްވި ދެ މެމްބަރުންގެ މަގާމަށް މީހުން އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް ވަނީ ނަންތަކެއް ހުށަހަޅާފައެވެ. އެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފައެވެ.
މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ނަންތައް:
ގާނޫނީ ވަކީލު މުހައްމަދު ވަހީދު
ސަފާ ޝަފީގު
އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ކޮމެޓީ ރިޕޯޓް ހުށަހަޅާފައި ވަނީ ވަކިވަކިންނެވެ. އޭގެ ތެރެއިން އެއް ރިޕޯޓު ވަނީ ވޯޓަަށް އަހާ ހިސާބަށް ގޮސްފައެވެ. ނަމަވެސް އަނެއް ރިޕޯޓް ވަނީ ރިޔާސަތުން ހުއްޓުވާފައެވެ. ރިޔާސަތުން އެ ރިޕޯޓް އެޖެންޑާނުކޮށް، ހުއްޓުވީ އޮންލައިންކޮށް މެމްބަރަކު ކޮމެޓީގައި ބައިވެރިވެ ވޯޓު ދެއްވުމުންނެވެ. ރިޔާސަތުން އެކަމުގައި ވިދާޅުވެފައިވަނީ ކޮވިޑު19ގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށާއި އޮންލައިންކޮށް ކޮމެޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ.
އެޖެންޑާނުކޮށް ހިފަހައްޓާފައިވާ ނަންތައް:
އާމިނަތު ނުޒުހާ
ހުސައިން އަމްރު
މަރިޔަމް ނަރީމާން ޝަރީފް
ބްރޯޑްކާސްޓިން ކޮމިޝަންއަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެވެ. އެ ކޮމިޝަންގައި މިހާރު ފަސް މެމްބަރުން އެބަ ތިއްބެވެ.
މާދަމާގެ މަޖިލިސް ޖަލްސާގައި ވޯޓަށް އެހުމަށް ތާވަލު ކޮށްފައި އޮތް ނަމަވެސް، ވޯޓަށް އަހަނީ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ކަމެއް ނުވަތަ މާދަމާގެ ޖަލްސާ އިން އެ ކޮމިޝަނަށް އައްޔަން ކުރައްވަނީ އެންމެ މެންބަރެއް ކަމެއް ނޭނގެއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން