އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯގާސިއާ ނުވަތަ ފޯޅަވަހި އަކީ އެމެރިކާ-އީރާގް ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކުރި އަތޮޅެކެވެ. އެއީ އެމެރިކާގެ އަސްކަރީ މަރުކަޒު ނުވަތަ ބޭސް ހިންގާ ތަނެކެވެ. އެއީ އެއްޒަމާނެއްގައި މީހުން ދިރިއުޅެމުން އައި ތަނެކެވެ. ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ އެ ތަނުން ބޭލީ މަޖުބޫރު ކޮށްގެންނެވެ. އެއަށް ފަހު އެ މީހުން އެހެން ރަށަކަށް ބަދަލުކުރިއެވެ. ފޯޅަވައްސަށް އަރަން ހުއްދަ ދެނީ ހަމައެކަނި އެމެރިކާގެ ސިފައިންނާއި މަސައްކަތްތެރިންނަށެވެ.

ހަތް ދިހައިގެ އަހަރުތަކުގައި ޑިއަގޯ ގާސިޔާ ވެފައި އޮތީ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކައް މުހިއްމު ތަނެއްގެ ގޮތުގައެވެ.

"ޑިއޭގޯ ގާސިއާ އަކީ އެމެރިކާގެ ސަލާމަތަށް ވަރަށް މުހިންމު ތަނެއް. ފާއިތުވި އަހަރުތަކުގައި އެތަން ވަނީ ވަރަށް ބޮޑަށް މުހިންމު ތަނަކަށް ވެފައި. މިއީ ސަރުކާރުގެ ފައިސާގެ ހޭދަކުރި ރަނގަޅު އިންވެސްޓްމެންޓެއް،" 2003 ވަނަ އަހަރު އެމެރިކާގެ ސީބީއެސް ނިއުސް އިން ފޯޅަވައްސާ ގުޅޭ ގޮތުން ހެދި ޑޮކިއުމެންޓަރީ އަކަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ ކުރީގެ ސެކެރެޓަރީ އޮފް ޑިފެންސް ޖޭމްސް ޝްޒެލިންގާ ވިދާޅުވިއެވެ.

ޑޮކިއުމެންޓްރީ:

ބާރަ ވަރަކަށް މިނިޓްގެ އެ ޑޮކިއުމެންޓްރީއަށް މައުލޫމާތު އެއްކޮށް ރިޕޯޓްކޮށްފައި ވަނީީ ނޫސްވެރިކަމުގެ ދާއިރާއިން އެތައް އެވޯޑުތަކެއް ހޯދާފައިވާ ކްރަސްޓިއާނެ އަމާންޕޯއެވެ. އޭނާ އަކީ ސީއެންއެންސްގައި ވެސް މަޝްހޫރު މޫނެކެވެ.

[caption id="attachment_50572" align="alignnone" width="754"] ޑިއާގޯ ގާސިއާ ގައި މީހުން ދިރިއުޅުނު ދުވަސްވަރުގެ ފޮޓޯއެއް[/caption]
ފޯޅަވައްސާއި އެމެރިކާއާ އޮތީ ކޮން ގުޅުމެއް؟
އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ސަރަހައްދުގައި ނުފޫޒު ފޯރުވުމުގެ ވާދަވެރިކަން އުފެދުނު ދުވަސްވަރެކެވެ. އެމެރިކާއިން، އެމީހުންގެ ޒަމާންވީ އެކުވެރިން ކަމަށްވާ އެ ސަރަހައްދު ހިސާރުކުރި އިނގިރޭސީން ގާތު އެދުނީ އެމީހުންގެ ބޭސް އަށް މީހުން ދިރިނޫޅޭ ރަށެއް ހޯދައިދޭންށެވެ. އިނގިރޭސިން އެމެރިކާއަށް ދޭން ނިންމީ އިސްތިއުމާރުކޮށްފައިވާ ޑިއަގޯ ގާސިޔާއެވެ. ނުވަތަ ފޯޅަވައްސެވެ.

އެމެރިކާއަށް މައްސަލައަކަށްވީ އެއީ މީހުން ދިރިއުޅޭ އަތޮޅަކަށްވުމެވެ. ކްރަސްޓިއާނެ އަމާން ބުނެފައިވާ ގޮތުން ޑިއަގޯ ގާސިއާގައި 200 އެއްހާ އަހަރު ވަންދެން މީހުން ދިރިއުޅެމުން އައެވެ. އެމީހުން ކާންބޯން ކުރަމުން އައި މައިގަނޑު މަސައްކަތަކީ "ކޮކްނެޓް ޕްލެންޓޭޝަން"އެވެ.

[caption id="attachment_50571" align="aligncenter" width="761"] ޑިއަގޯ ގާސިއާ، އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައިރުގެ ފޮޓޯއެއް[/caption]

ނަމަވެސް އޭރު ކޮލޮނީއެއްގެ ގޮތުގައި އެ ސަރަހައްދު ކޮންޓްރޯލް ކުރި އިނގިރޭސިންނަށް މިއީ މައްސަލައެއްގެ ގޮތުގައި ނުފެނެއެވެ. އެތަނުގައި ބަޔަކު ދިރިއުޅުން އިނގިރޭސީންނަށް މައްސަލައަކަށް ނުވިޔަސް، އެމެރިކާއިން ބޭނުންވެގެން އެ މީހުން އެ ރަށުން ބޭލުމުގެ މަސައްކަތް ފެށިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ބޭސް ހެދުމަށް މަގު ފަހިކުރުމުގެ ގޮތުން އެމީހުން ވަނީ 1200 މޭލު ދުރުގައި އޮތް މޮރިޝަސް އާއި ސީޝެލްސްގެ ރަށްތަކަށް އެ ބަދަލުކޮށްފައެވެ.

"އެމީހުން ބޭނުންވީ ހުރިހާ އެންމެން ހުސްކުރަން. އެއްވެސް ވަޒަންވެރިއަކު ހުރެގެން ނުވާނެ ކަމަށް ބުނި،" މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުޅުނު މާސެލް މާލިނީ ކިޔައިދިނެވެ.

[caption id="attachment_50574" align="aligncenter" width="614"] ޑިއަގޯ ގާސިއާ އިން މީހުން ބޭލުވުމުގެ މަސައްކަތް ހަވާލުކުރި މާސެލް ސީބިއެސް ނިއުސްއާ ވާހަކަ ދައްކަނީ[/caption]

"އެންމެ ފަހު ބޯޓުން ދިޔަ މީހުންނަށް ހަމައެކަނި ގެންދެވުނީ އަންނައުނު. ބޯޓުގެ ޖާގަ ނެތުމުން އިތުރު އެއްވެސް އެެއްޗެއް އެ މީހުންނަށް ނުގެންދެވުނު،" މާސެލް ބުންޏެވެ.
ވަޒަންވެރިން ބިކަވީ
އަމިއްލަ ވަޒަން ދޫކޮށް ދާން މަޖުބޫރުވި ޑިއޭގޯ ގާސިއާގެ ރައްޔިތުން މޮރިޝަސްގެ ފަގީރު ސަރަހައްދުތަކަށް ބަދަލުވުންވީ ސުވަރުގެއިން ނަރަކައަށް ދިޔުން ކަހަލަ އިހުސާސެކެވެ. މުދާ ދޫކޮށްލަން ޖެހުމުން މަސްވެރިންނާއި ދަނޑުވެރިންގެ ހައިސިއްޔަތުން ވަޒީފާއެއް ލިބޭ ގޮތެއް ނުވިއެވެ. އަލުން ވަޒަންވެރިކުރުމަށް އެއްވެސް ފަރާތަކުން އެހީތެރިއެއް ނުވިއެވެ. ގެއްލުނު ގެތަކަށް ބަދަލެއް ނުދެއެވެ. ބޭރު ބިމެއްގައި ވަޒަންވެރިންނަށް ވާން މަޖުބޫރުވީއެވެ.

"އަހަރެންގެ ބައްޕަ ބުނީ ދެން ޖެހެނީ ރަށުން ދާށޭ، އެމެރިކާ މީހުން އެތަނަށް ބަދަލުވަނީއޭ، ދެން ރަށުގައި ތިބުމަކީ ރައްކާތެރި ކަމެއް ނޫނޭ. އިނގިރޭސިން ބުނީ އެއީ އެންމެ ފަހު ދަތުރޭ. ނުދަންޏާ ދެން ކާއެއްޗެއް ދެން ނުލިބޭނެޔޭ." ޑިއަގޯ ގާސިޔާއިން އެންމެ ފަހުން ފޭބި އާއިލާގެ މެމްބަރެއް ކަމަށްވާ ޖެނެޓް އެލެކްސިސް ބުންޏެވެ.

[caption id="attachment_50575" align="aligncenter" width="626"] ޖެނެޓް އެލެކްސިސް ސީބިއެސް ޑޮކިއުމެންޓްރީ އަށް ދިން އިންޓަވިއުގެ ތެރެއިން[/caption]

"އަހަންނަށް ރޮވެނު. އަހަރެން ހުރީ މަންމަގެ ފަސްބައިގައި ހިފަހައްޓައިގެން ރޯން. އަހަންނަށް ވިސްނުނީ ވަރަށް އަގުހުރި އެއްޗެއް ދޫކޮށްލާފައި ދެވޭހެން،" ޖެނެޓް ބުންޏެވެ.

މީހުން ފޭބުމާއެކު އެ ރަށަށް އަސްލު ވީގޮތް އޮތީ ފަސްއެޅި ފޮރުވިފައެވެ. ފޮރުވިފައި އޮތް ސިއްރު ފެންމަތި ކުރީ އޮލިވިއޭ ބެންކޯލްޓް، އެ މައްސަލަ އިނގިރޭސިވިލާތުގެ ކޯޓަށް ހުށަހެޅި ހިސާބުންނެވެ. އޮލިވިއޭއާ އޭނާގެ ގާނޫނީ ވަކީލު ރިޗަޑް ގިފްފޯޑަށް ވަނީ އެމެރިކާއަށް ޑިއަގޯ ގާސިޔާ ދޭން ވެގެން އިނގިރޭސިވިލާތުގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން ސިއްރު ލިޔުންތަކެއް ހޯދާފައެވެ.
އޮލީވިއޭ ވޮން ކޫލް އަކީ ކާކު؟
ޗާގޮސްއަށް އުފަން، އުމުރުން 59 އަހަރުގެ އޮލީވިއޭ އަކީ ޑިއަގޯ ގާސިއާ އިން ބޭލި މީހުންނަށް އެ މީހުންގެ އަސްލު ވަޒަން އަނބުރައި ހޯދައިދޭން ބައިނަލްއަގްވާމީ އެކި ތަންތަނުގައި އަޑުއުފުލަމުންދާ އެކްޓިވިސްޓެކެވެ. އޭނާ އަކީ ޗާގޯސް ރެފިއުޖީ ނަމަކަށް ކިޔާ ޖަމިއްޔުާގެ ލީޑަރެވެ.

އަމިއްލަ ވަޒަން އަނބުރާ ހޯދަން އޮލިވިއޭ އަށް މަޖުބޫރުވީ އެތައް އަހަރެއް ވަންދެން އޭނާގެ ރައްޔިތުންނަށް ތަހައްމަލުކުރަން ޖެހުނު ދެރަ ނިކަމެތި ހާލުގެ ސަބަބުންނެވެ. ފަގީރުކަމާއި، ވަޒީފާ ނުލިބުން ތަހައްމަލުކުރަން ޖެހުމުން، އޭނާގެ ދެ ބޭބެ އަމިއްލައަށް މަރުވިއެވެ. އޮލީވިއޭގެ ކޮއްކޮވެސް މަރުވި ހަމަ އެކަހަލަ ގޮތަކަށެވެ.

[caption id="attachment_50576" align="aligncenter" width="640"] ޑިއަގޯ ގާސިއާގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައި އޮލިވިއޭ ބެންކޯލްޓް[/caption]

އެ ލިޔުންތަކުގައި ބުނާ ގޮތުން ޑިއަގޯ ގާސިޔާއިން މީހުން ބާލުވައިފިއްޔާ އެ ވާހަކަ އެއްވެސް ބަޔަކަށް ނޭގޭނެއެވެ. އެހެން ލިޔުމަކުން ހާމަވި ގޮތުގައި މީހުން ބޭލުވީ އެމެރިކާއިން އެދިގެންނެވެ. އޭގެ ބަދަލުގައި އެމެރިކާއިން ވަނީ ޕޮލަރިސް މިސައިލްތައް ހެޔޮ އަގުގައި ދީފައެވެ. އިނގިރޭސިންނަށް މިސައިލްގެ އަގު 14 މިލިއަން ޑޮލަރަށް އަގު ހެޔޮކުރިއެވެ.

އޮލިވިއޭގެ ދުލުން ޗާގޮސްގެ ވާހަކަ:

އިނގިރޭސިވިލާތުގެ އެންމެ މަތީ ކޯޓުން ނިންމީ ޑިއޭގޯ ގާސިއާގެ މީހުން އަނބުރާ ފޮނުވާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެކަމަކު އެ ރައްޔިތުންނަށް އޭގެ ބަދަލު ނަގައިދޭނެ އެއްވެސް ގޮތެއް ކޯޓުން ހުކުމް ކޮށްފައެއް ނުވެއެވެ.