މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބަންގްލަދޭޝް މީހަކު ހިތް ހުއްޓިގެން މަރުވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ޖަލުގައި މަރުވީ ބަދުއަހުލާގީ މައްސަލައެއްގައި ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ 29 އަހަރު އަމީނުލް އިސްލާމްއެވެ.
ކަރެކްޝަނުން ބުނީ މިއަދު ހެނދުނުގެ ސައި ވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް އޭނާ ގެންދިޔަ ކަމަަށެވެ. އަމީނުލް ނިޔާވިކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ މިއަދު މެންދުރުފަހު 2:10 ގައެވެ.
”ހެލްތް ސެންޓަރުން މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ. އަމީނުލް އިސްލާމްއަކީ ބަދްއަޙްލާޤީ އަމަލު ހިންގުމާ ގުޅިގެން 7 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛްކުރަމުން ދިޔަ މީހެކެވެ. މީނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫނެވެ،” ކަރެކްޝަންގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެއެވެ.
އޭނާ ހެލްތް ސެންޓަރަށް ގެންދިއުމާ ގުޅިގެން މިސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން