ފިތުރު އީދާ ގުޅުވައި އެސްޓީއޯއިން ފިޔަވަތީގައި ދިރިއުޅެމުންދާކުދިންނަށް އީދު ހަދިޔާ ދީފިއެވެ.
އެސްޓީއޯގެ ފަރާތުން ފިޔަވަތީގެ ކުދިންނަށް އީދު ހަދިޔާ ހަވާލުކޮށްފައިވަނީ އީދު ދުވަހުގެ ހެނދުނު ފިޔަވަތީގައެވެ.
އީދު ފާހަގަކުރުމުގެ ގޮތުން އެސްޓީއޯއިން ކުޑަކުދިންނަށް ދޭ ހަދިޔާ، އަމިއްލަ ޖަމްއިޔާއެއްކަމަށްވާ އާއްމު އެކުވެރިންގެ ގުޅުމާއި ގުޅިގެންވެސް ބަހަމުން ގެންދާނެއެވެ.
އެ ޖަމްއިއްޔާ މެދުވެރިވެގެން އީދު ހަދިޔާ ބެހުން ކުރިޔަށްދާނީ އީދު ދުވަހު ހަވީރު ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓު ސަރަހައްދުގައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި މަޝްހޫރު "އަޕްޓު މަދަރ" އާ ގުޅިގެންވެސް އެ ކުންފުނިން އީދު ހަދިޔާ ބަހާނެއެވެ.
މި ހަދިޔާ ބެހުން ކުރިޔަށްދާނީ މާލެ ރަސްފަންނު ސަރަހައްދާއި ހެންވޭރު އާޓިފިޝަލް ބީޗުގައެވެ.ކަރުދާސް ކޮތަޅުގައި ބަންދުކުރެވިފައިވާ މި ހަދިޔާ ދިނުމުގެ އެއް މަގުސަދަކީ އެސްޓީއޯއިން ބުނިގޮތުގައި އީދުގެ އުފާފާޅުކުރުމާއެކު ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް ހިތްވަރު ދިނުމެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ