އާއިލާ މީހުން ގުޅުން ނުބޭއްވި ނަމަވެސް، އެމީހުންނާއި ދުރަށް ނުދިއުމަށް ފިތުރު އީދުގެ ހުތުބާގައި މިއަދު ގޮވާލައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި މިއަދު ކުރެވުނު އީދު ނަމާދުގެ ހުތުބާގައި ބުނެފައި ވަނީ އީދު ނަމާދަށް އެންމެން އެއްވެ ތިބުން އަންގައި ދެނީ އެބައެއްގެ މެދުގައި އޮތް އެއްބައިވަންތަކަން ކަމަށެވެ.
އެހެންކަމުން އެކަކު އަނެކަކުގެ ހައްގުތައް އަދާ ކުރުމަށް ވަނީ ހުތުބާގައި ގޮވާލައިފައެވެ. އެގޮތުން ހުތުބާގައި އެންމެ ފުރަތަމަވެސް ގޮވާލެއްވީ މައިންބަފައިންގެ ހައްގުތައް އަދާކޮށް އެމީހުން ހިތުގައި ނުޖެއްސުމަށް ހުރިހާ ފަރާތްތަކަކުން ވެސް އަޒުމް ކަނޑައެޅުމަށެވެ.
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައްގުތަކާއި ގުޅިފައިވާ ކަމެއް ކަމަށާއި އެހެންކަމުން ގާތްތިމާގެ މީހުންނަށް ހެޔޮފޯރުކޮށްދީ އެމީހުންގެ ގާތަށް ޒިޔާރަތް ކުރުމަށް ހުތުބާގައި ގޮވާލިއެވެ.
އީދުގެ ދުވަހު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުވުމަށް އީދު ހުތުބާގައި ވަނީ ގޮވާލާފައެވެ.
"އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވާށެވެ. އަދުގެ ދުނިޔޭގައި މިއީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަށް ހޭދަ ކުރަންޖެހޭނީ ކުޑަ ހިނދުކޮޅެކެވެ. އެ މީހުން ތިބާއާ ގުޅުން ނުބޭއްވިއަސް، ތިބާ އެ މީހުންނާ ދުރަށް ނުދާށެވެ،" އީދު ހުތުބާގައިވެއެވެ.
ގައުމުގެ އިސްލާމީ ޝަހުސިއްޔަތަކީ އިސްލާމް ދީނާއި އެކުވެރިކަމާއި މިނިވަންކަމާއި އިސްތިގުލާލު ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން އަންނަން އޮތް ޖީލަށް އެ މަތިވެރި އަގީދާ ފޯރުކޮށްދިނުމަށް ހުރިހާ ފަރާތްތަކުން ވެސް އަޒުމް ކަނޑައެޅުމަށް ހުތުބާގައި އިލްތިމާސްކުރިއެވެ.
އިސްލާމީ އީދުތަކަކީ އޭގެ އުފަލުގައި އެންމެން ވެސް ބައިވެރި ކުރުވަން ޖެހޭ ކަމެއް ކަމަށާއި މިދުވަހު އުފާފާޅު ކުރަން ޖެހޭނީ ހަމައެކަނި މުއްސަނދިން ނޫން ކަމަށްވެސް ހުތުބާގައި ބުންޏެވެ. ފަގީރުންނާއި މިސްކީނުންނަށް މުއްސަނދިން ހެޔޮފޯރުކޮށްދޭން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި